ދެ މަސް ފަހުން މިރިޔަންދޫ ރަސްމީކޮށް ހުޅުވައިފި

ބ. މިރިޔަންދޫގައި ތަރައްގީކުރި ވެސްޓިން މޯލްޑިވްސްގެ ރިސޯޓް

އިޓަލީގެ މަޝްހޫރު ޑިޒައިން ސްޓޫޑިއޯއެއް ކަމަށްވާ ޕެލާ އެސޯސިއާޓީ އިން ޑިޒައިންކޮށްފައިވާ އެންމެ މަތީ ފެންވަރުގެ ވެސްޓިން މޯލްޑިވްސް ރިސޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.

 

ބ. މިރިޔަންދޫގައި ތަރައްގީކުރި ރިސޯޓް ރަސްމީކޮށް ހުޅުވުމަށްފަހު އެ ރިސޯޓް ހިންގާ މެރިއޮޓް އިންޓަނޭޝަނަލް އޭޝިޔާ ޕެސިފިކްގެ ވައިސް ޕްރެޒިޑެންޓް އޮފް މާކެޓިން މައިކް ފުލްކާސަން، ބީމް ޓްރެވަލްގައި ވިދާޅުވީ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ހުޅުވިގެން ދިއުމަކީ އެ ކުންފުނީގެ ޕޯޓްފޯލިއޯ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

 

“މިއީ ޗުއްޓީގައި އުޅޭއިރު ވެސް ސިއްހަތަށް ބަލައިގެން އުޅޭ ގެސްޓުންނަށް ޚާއްސަ ތަނެއް،” އޭނާ ވިދާޅުވި އެވެ.

ބ. މިރިޔަންދޫގައި ތަރައްގީކުރި ވެސްޓިން މޯލްޑިވްސްގެ ރިސޯޓް

މިރިޔަންދޫ ވަނީ މީގެ ދެ މަސްކުރިން ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ. އަދި މިހާތަނަށް އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި މީހުން ވަރަށް ބޮޑަށް ލޯބިޖެހިފައިވާކަން  އެ ރިސޯޓްގެ ފޭސްބުކް ޕޭޖަށް ކޮށްފައިވާ ރިވިއުތަކުން ފާހަގަ ކުރެވެ އެވެ.

މިއަތޮޅު ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަކީ ސްރީލަންކާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް، އޭޝިއާ ކެޕިޓަލް ޕަބްލިކް ލިމިޓެޑާއި ޖަޕާނުގެ މެއިލް އޯޑާ ކުންފުނި ބެލޫނާ ކޮމްޕެނީ ލިމިޓެޑު ހިއްސާވެގެން ތަރައްގީކުރާ ރިސޯޓެކެވެ.

މިއީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވް، ބ. އަތޮޅުގައި މިއަހަރު ހުޅުވި ދެވަނަ ރިސޯޓެވެ. މި ރިސޯޓާއެކު މިއަތޮޅުގައި ޖުމްލަ 16 ރިސޯޓު މިހާރު ހިންގަމުންދެއެވެ. އަދިވެސް އިތުރު ރިސޯޓްތައް އަންނަނީ ތަރައްގީކޮށް ހުޅުވަން ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.