ކުޑަހުވަދުއާ އެކު ރާއްޖޭގެ %60 އަށް އުރީދޫގެ ސުޕަނެޓް ފޯރުކޮށްދީފި

އުރީދޫއިން ކުޑަހުވަދޫއަށް ސްޕަނެޓް ވަނީ ތާރަފްކޮށްފައި — ފޮޓޯ: އުރީދޫ

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ދ. ކުޑަހުވަދޫއަށް މިއަދު ތައާރަފްކޮށްފި އެވެ. އެ ހިދުމަތް ކުޑަހުވަދުއަށް ތަޢާރަފް ކުރެވިގެން ދިއުމާއެކު ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް މިހާރު ސުޕަރނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫއިން ބުނީ މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އުރީދޫ ސުޕަރނެޓްގެ ހިދުމަތް 12 މެއި 2016ގައި ތައާރަފްކުރުމަށްފަހު މުޅި ރާއްޖެއަށް އެހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުރީދޫގެ ޑައިރެކްޓަރ ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ ޒަމާނީ ތަރައްޤީ އާއި ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ހިދުމަތަކީ އިންޓަނެޓް ކަމަށްވުމާއި އެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

“މިގޮތުން، ކުޑަހުވަދޫގައި ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނަން،” ހުސައިން ނިޔާޒު ވިދާޅުވި އެވެ.

ސުޕަރނެޓްގެ ޚިދުމަތް ކުޑަހުވަދުއަށް ތަޢާރަފް ކުރުމާއެކު، މިމަހުގެ 31ގެ ކުރިން ސުޕަރނެޓް ހިޔާރު ކުރައްވާ ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރ އެއްވެސް މިއަދު ވަނީ ތައާރަފް ކޮށްފައެވެ.

މީގެ އިތުރުން ކުޑަހުވަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވެސް އުރީދޫއިން ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.