ތްރީ އޮން ތްރީ ސޮކާ ކަޕުގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ހޯދައިފި

ވެލާ ސްޕޯޓްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ތަށްޓާ އެކު. -- ފޮޓޯ / ދަ ބިގިނާސް
ވެލާ ސްޕޯޓްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ތަށްޓާ އެކު. — ފޮޓޯ / ދަ ބިގިނާސް

 

ކްލަބް ދަ ބިގިނާސް އިން އިންތިޒާމުކޮށްގެން އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބޭއްވި އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ކަޕުގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް އިން ހޯދައިފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗު އެ ޓީމު ކާމިޔާބުކުރީ އެފްސީ ސޫޕްގެ މުހައްމަދުގެ ޝަންގެ އަތުން ބައިކޮޅަށް ވަން ވަން ލަނޑާއެކު 1-0 އިން މޮޅުވެގެންނެވެ.

އެޓޯލް ކިއުޓުން މެއިން ސޮޕޮންސާ ކޮށްފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީީމަށް 4000ރ ދީފައިވާއިރު ރަނާ އަޕް ޓީމަށް ދީފައިވަނީ 2000ރ. އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާ ސްޕޯޓްސްގެ މައުމޫން އަބްދުލްގައްޔޫމު އެވެ. މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި މައުމޫންގެ އިތުރުން ދެން ހިމެނުނީ އެފްސީ ސޫޕްގެ ފަތީން ޚާލިދު އާއި އެފްސީ ހަބޭސްގެ ހުސައިން މުހައްމަދު އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ހުސައިން މުހައްމަދު އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އެފްސީ ހަބޭސް އެވެ.

މިއަހަރުގެ މުބާރާތުން ވެލާ ސްޕޯޓްސް ޗެމްޕިއަންކަން ހޯދުމުން އެ ޓީމު އަންނަ އަހަރުގެ މުބާރާތުން އެ ޓީމަށް އޮޓޯމެޓިކުން ޖާގަ ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.