ލީޑިން ފެމެލީ ރިސޯޓްގެ އެވޯޑް އަމިއްލަ ފުއްޓަށް

ލީޑިން ފެމެލީ ރިސޯޓްގެ އެވޯޑް ލިބުނު އަމިއްލަ ފުއްޓަށް: ފޮޓޯ/އަމިއްލަފުށި

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ލީޑިން ފެމެލީ ރިސޯޓްގެ އެވޯޑް ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ އަމިއްލަފުށި ރިސޯޓަށް ލިބިއްޖެ އެވެ.

އަމިއްލަފުށީ ރިސޯޓަށް އެ އެވޯޑް ހަވާލު ކުރީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެ ގާލާގަ އެވެ

ބ. އަތޮޅުގައިވާ ޔުނެސްކޯ ވޯލްޑް ބަޔޮސްފިޔާގައި ހުންނަ ފިނޮޅުއަމިއްލަ ރިސޯޓަކީ ބީޗް ވިލާ އާއި އޯވާ ވޯޓާ ވިލާ ހިމަނައިގެން ހިތްގައިމު ކޮންސެޕްޓަކަށް ތަރައްގީ ކޮށްފައިވާ ތަނެކެވެ. އަދި އެ ރިސޯޓުގައި 1200 މީޓަރުގެ ސްވިމިން ޕޫލަކާއި 15 ކޮޓަރީގެ ސްޕާއެއްގެ އިތުރުން ޔޯ އަދި ފިޓްނަސް ޕެވިލިއަންއެއް ވެސް ހުރެ އެވެ.

މީގެ އިތުރުން އެ ރިސޯޓްގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭ ތަންތަނާއި ޑައިވިންގެ އިތުރުން މޫދު ކުޅިވަރު ކުޅެވޭނެ ގޮތްތައް ވެސް ހަމަޖައްސާފައިވެ އެވެ.

ލީޑިން ފެމެލީ ރިސޯޓްގެ އެވޯޑް ލިބުނު އަމިއްލަ ފުއްޓަށް: ފޮޓޯ/އަމިއްލަފުށި

އަމިއްލަފުށި ތަރައްގީކުރީ ރާއްޖޭގައި ފެންވަރު މަތީ ރިސޯޓްތަކެއް ހަދަމުން އަންނަ ކޯސްޓްލައިން ގްރޫޕުންނެވެ. އެ ރިސޯޓް މެނޭޖްކުރަނީ ދަ ސްމޯލް އައިލެންޑް މޯލްޑިވްސް ކޯ” އިންނެވެ.

އެ ކުންފުނިން ހިންގާ އެހެން ރިސޯޓްތަކުގެ ތެރޭގައި މި އަތޮޅުގައި އޮންނަ ފިނޮޅު ރިސޯޓާއި މާލެ އަތޮޅުގައި ހަދާފައިވާ ހުވަފެންފުށި ހިމެނެ އެވެ. ހުވަފެންފުށިން މިފަހަރު ވެސް ވަނީ މިދިޔަ އަހަރު އެ ރިސޯޓަށް ލިބުނު ރާއްޖޭގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑް ހާސިލްކޮށްފަ އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން އެންމެ ފުރަތަމަ މި އެވޯޑު ދީފައިވަނީ 2012 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.