މައިނާ ފުޑް އައުޓްލެޓްތަކަށް އުރީދޫ އެމް-ފައިސާ ތައާރަފްކޮށްފި

އުރީދޫ އެމް-ފައިސާގެ ހިދުމަތް މެދުވެރިކޮށް، މައިނާ ފުޑް ގްރޫޕުން މާލޭގައި ހިންގާ އައުޓްލެޓްތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމެއް އުރީދޫ އާއި މައިނާ ފުޑް މޯލްޑިވްސް ގުޅިގެން ތައާރަފްކޮށްފި އެވެ.

އެގޮތުން އެމްފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް އަދި ބާގަ ކިންގްގެ ބިލުތަކަށް އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުންޏެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މައިނަރ ފުޑް އައުޓްލެޓް ތަކުންވެސް މިޚިދުމަތް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

“އުރީދޫއާއި މައިނާ ފުޑް ގްރޫޕް ގުޅިގެން މި ތައާރަފްކުރި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޚިދުމަތް ލިބިގަތުމުގެ މަގު ފަހިވެ، ކުރިމަގުގައި އިތުރު ފައިދާތައް ލިބުމުގެ މަގު ތަނަވަސް ވެގެންދާނެ.” އުރީދޫން ބުންޏެވެ.

މި ޚިދުމަތް ތަޢާރަފް ކުރެވުމާ ގުޅިގެން ޚާއްޞަ އޮފަރއެއްގެ ގޮތުގައި މައިނަރ ފުޑް އައުޓްލެޓްތަކުގެ ބިލުން އެމްފައިސާ ކަސްޓަމަރުންނަށް 15 އިންސައްތަ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ. އެގޮތުން އުރީދޫ އެމްފައިސާ އެޕު ޑައުންލޯޑު ކުރެއްވުމަށްފަހު “ސްމާޓްޕޭ” އޮޕްޝަން މެދުވެރިކޮށް ފައިސާ ދެއްކެވުމުން މި ޑިސްކައުންޓު ލިބޭނެ އެވެ.

މައިނާ ފުޑް ގްރޫޕުން މާލެ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިނަލްއަޤްވާމީ 5 ފުޑްޗެއިން އޮޕަރޭޓްކުރަމުންގެންދެއެވެ. މީގެ ތެރޭގައި ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް، ބާގަރ ކިންގް، ތައި އެކްސްޕްރެސް އަދި ޑެއިރީ ކުއީން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.