ބ. އަތޮޅު ފިނޮޅު ރިސޯޓުގައި މޫދަށްއެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
“އީޓީ” އަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރުފަހު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 34 އަހަރުގެ ޗައިނާގެ ފިރިހެނެކެވެ.
އެ ފިރިހެން މީހާ މިއަދު މެންދުރުފަހު 2:00 ހާއިރު ބ. އަތޮޅު ހޮސްޕިޓަލަށް ގެނައިއިރު ވެސް އޮތީ މަރުވެފަ އެވެ.
މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ދޭތެރެ ދޭތެރެއިން މަރުވެ އެވެ. އެންމެ ގިނަ އަދަދަކަށް މަރު ވަނީ ޗައިނާ ޓޫރިސްޓުންނެވެ.