ދިރާގު ޓީވީއަށް އައިސް ޓީވީޗެނަލް!

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގު ޓީވީއަށް އައިސް ޓީވީ ޗެނަލް ތަޢާރަފުކޮށްފިއެވެ. އައިސް ޓީވީ އަކީ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަށް ގެނެސްދޭ ދިވެހިންގެ މެދުގައި މަޝޫރު ދިވެހި ޗެނަލެކެވެ.

އައިސް ޓީވީއިން ގެނެސްދޭ ހާއްސަ ޕްރޮގުރާމުތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރާމްތައް، އިނގިރޭސި ޕްރިމިއަރ ލީގުގެ ބައެއް މެޗްތަކުގެ އިތުރުން މަޝްހޫރު ފިލްމީތަރި ޢައްޒަ ހުށަހަޅައިދޭ ޓޯކްޝޯޗ “އަޒޯނާ”ހިމެނެއެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ  ޚިދުމަތުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ އޮފަރގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެ އެވެ.

ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ޚާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެއެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލަރސް،  ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ އޮފަރ އަގަކީ ޖީ.އެސް.ޓީ ނުލާ 300 ރުފިޔާއެވެ އަދި ކޮންމެ ކަނެކްޝަނަކާއި އެކު ހިލޭ ޖޯއިބޮސް ލިބިގެނެދާނެ އެވެ.

ޖޯއި ބޮކްސްގެ ޒަރީއާ އިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ.  މީގެ އިތުރުން ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެއެވެ.

ދިރާގު ޓީވީ ތަޢާރަފު ކުރިތާ މިވީ ދޮޅު އަހަރުދުވަހުގެ ތެރޭގައި ނުހަނު ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ދިރާގު ޓީވީ އަށް ޚާއްސަ އެޕެއް ތަޢާރަފުކުރުމުގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 50 އިތުރު ރަށަކަށްވަނީ މި ހިދުމަތް ފޯރުކޮށްދީފައިއެވެ. އަދި މިރަށްތަކުގައި ނިމިދިޔަ ވޯލްޑްކަޕްގެ ފަހު 10 މެޗު 4K ކޮލިޓީގައި ބަލާލުމުގެ ފުރުޞަތުވެސް ވަނީ ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.