ރީތި ބީޗް ރިސޯޓްގައި ރޯވެ ފެން ޕްލާންޓާއި އިންޖީނުގެ އަނދައިފި


ރީތި ބީޗް ރިސޯޓްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފެން ޕްލާންޓް އަނދާހުލިވެފައި. — ފޮޓޯ

ބ. އަތޮޅުގައި ހިންގާ ރީތި ބީޗު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ރިސޯޓްގެ ފެން ޕްލާންޓާއި އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ، އެ ރިސޯޓްގެ ވަޑާންގޭގެ ގުދަނުގަ އެވެ. އަދި އެ އަލިފާންގަނޑު ފެތުރިގެން ގޮސް، އެ އިމާރާތުގައި ހުރި، ފެން ޕްލާންޓެއް އަނދައިގެން ދިޔަ އެވެ. އަދި ހަމަ އެ އިމާރާތުގައި ހަދާފައިވާ އެ ރިސޯޓްގެ އިންޖީނު ގޭގެ ސީލިންގަށް އަލިފާނުގެ ހޫނުގެ އަސަރު ވަރަށް ބޮޑަށް ކޮށް ސީލިންގް ހަލާކުވެ، ކަރަންޓް ވަޔަރުތަކުގެ ބޮޑު ބައެއް ވެސް ހަލާކުވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޅ. ނައިފަރުގައި ތިބި ފަޔާ އެންޑް ރެސްކިއުގެ ސިފައިންނާއި ރިސޯޓް މުވައްޒަފުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްވީ މިއަދު މެންދުރު 12:19 އެހާއިރު ކަމަށް ވެސް ސިފައިން ބުންޏެވެ.

މިހާދިސާއާ ގުޅިގެން ރިސޯޓުން ނެރުނު ބަޔާނުގައި ބުނީ ރިސޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންނާ ފަތުރުވެރިންނަށް މި ހާދިސާގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ ރީތި ބީޗް ރިސޯޓުގައި ތިބި ފަތުރުވެރިން މިހާރު ރީތި ފަރު ރިސޯޓަށް ބަދަލު ކުރަމުންދާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ރިސޯޓުން އަލުން ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.