ސްކޫލަށްދާ ކުދިން އިތުރުވަނީ، އެކަމަކު ޑިންގީ ބޮޑެއްނުވޭ

ފެހެންދޫ ގައި ދިރިއުޅޭ ކުދިން ގޮއިދޫ ސްކޫލަށް ފެރީއެއްގައި ދަތުރުކޮށްފައި ދާ ވާހަކައަކީ އާވާހަކައެއް ނޫނެނެވެ. ނަމަވެސް ތަކުރާރުކޮށް މިވާހަކަ ދައްކަން އެބަޖެހެއެވެ. މީ އެތަށް ބައެއްގެ ކަންބޮޑުވުމެކެވެ. ގޮއިދޫ ސްކޫލަށް މި ދަތުރުތައް މެނޭޖުކުރުމުގައި ބޮޑެތި ގޮންޖެހުން ތަކެއް އެބަހުއްޓެވެ. ކުދިންނަށާއި ބެލެނިވެރިން އުފުލަން ޖެހޭ ތަކުލީފުވެސް ވަކި ކުޑައެއް ނޫނެވެފެހެންދޫ ސްކޫލް ކުދިންގެ ފެރީ 2 ދަތުރުން 3 ދަތުރަށް އަދި ދަތުރުކުރާ ކުދިންގެ އަދަދު މިހާރު މިވަނީ  13 ން 24 އަށް އަރާފައެވެ. ނަމަވެސް ޑިންގީގެ ސައިޒަކަށް ބަދަލެއް ނާދެއެވެ.

ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ނިޒާމް ވިދާޅުވީ ދަތުރުތައް މެނޭޖުކުރުމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމަށާއި އެ ވާހަކަތައް ލިޔުމަކުން އެޑިޔުކޭޝަން މިނިސްޓްރީއާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

“އަޅުގަނޑުމެން ވާނީ މިހާރު ދަތުރުކުރާ ޑިންގީގެ އިންޖީނު ބޮޑުކުރުމަށް ވެސް މިދިޔަ އަހަރު ތެރޭ ވާނީ ރިކުއެސްޓް ކޮށްފަ” ނިޒާމް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ބަޖެޓްގެ ތާށިކަން ވެސް ވަރަށް ބޮޑަށް ހުރި ކަމަށާއި ސަރުކާރުން ގްރޭޑްތަކުގެ ކުދިންނަށް އެލަވަންސް ދޭއިރު ޕްރީ ސްކޫލުކުދިންނަށް އެލަވަންސް ނުދޭ ކަމަށްވެސް ނިޒާމް ވިދާޅުވިއެވެ.” އެލަވަންސް ނުދިން ކަމުގައި ވީނަމަވެސް އެ ކުދިންވެސް ގޮއިދޫ ސްކޫލަށް ގެނެސްގެން ކިޔަވައި ދިނުމަށް މި ވިސްނަނީ.” ނިޒާމް ވިދާޅުވިއެވެ

ފެހެންދޫ ޕްރީ ސްކޫލު ހިންގަނީ ފެހެންދޫ ސްކޫލް އިމާރާތުގައި ގޮއިދޫ ސެޓްލައިޓް ކުލާހުގެ ނަމުގައެވެ. އެ ކްލާހުގައި މިދިޔަ އަހަރު ކިޔަވާފައި ވަނީ އެންމެ ތިން ކުދިންނެވެ.

ސްކޫލް ކުދިންގެ ފެރީ ދަތުރުތައް ކުރަމުން ދަނީ، ރ އަތޮޅު ފަސްރިޔާ ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކު އެ ސްކޫލަށް 2017 ވަނަ އަހަރު ހަދިޔާކުރި ޑިންގީއެއްގައެވެ އަދި ފެރީގެ ދަތުރުތަށް ކުރުމާއި ހަވާލުކޮށްފައިވަނީ  ބ. ގޮއިދޫ ސްކޫލުގެ ޕީ.ޓީ.އޭ އާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.