ތައުލީމީ މަރުކަޒަށް ދޭން އުޅުނު ނާސްތާ ދަރަވަންދޫއަށް ބަދަލުކޮށްފި

ބ. އަތޮޅު މަދަރުސާގައި ދަރިވަރުން ހެނދުނުގެ ނާސްތާގައި. ފޮޓޯ/ބ. އަތޮޅު މަދަރުސާ

މިއަދު ފެށުނު ދިރާސީ އާއަހަރާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފެށުމަށް ހަމަޖެހުނު ނާސްތާ ޕްރޮގްރާމް އެންމެފަހު ވަގުތު ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާއަށް ބަދަލުކޮށްފި އެވެ.


އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ނާސްތާ ދިނުމުގެ ޕައިލޮޓް ޕްރޮގްރާމް މިއަތޮޅުގައި ފެށުމަށް ކުރިން ސަރުކާރުން ހަމަޖައްސާފައި އޮތީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އަދި މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށްފަހު އެއްފަރާތަކުން ބީލަންވެސް ހުށައެޅިއެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި ތައުލީމީ މަރުކަޒުގައި ނާސްތާ ޕްރޮގްރާމް ނުފެށުނީ މިކަން ކޮށްދޭން ބީލަން ހުށަހެޅި ފަރާތުގެ އަގުބޮޑުވުމުން މަޝްވަރާކޮށްގެން ވެސް އެދެވޭ ހައްލެއް ނުލިބުމުންނެވެ. ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ހުށަހެޅީ އެންމެ ފަރާތަކުންކަން ވެސް އެނގިފައިވެ އެވެ.

ބ. އަތޮޅު މަދަރުސާގައި ދަރިވަރުން ހެނދުނުގެ ނާސްތާގައި. ފޮޓޯ/ބ. އަތޮޅު މަދަރުސާ

ބ. އަތޮޅު މަދަރުސާއިން ބުނީ މިއަދު ހެނދުނު އެ ސްކޫލުގެ ދަރވަރުންނަށް ހެނދުނު ކިޔެވުން ފެށުމުގެ ކުރިން ނާސްތާ ދޭން ފަށާފައިވާ ކަމަށެވެ.

ނާސްތާ ޕްރޮގާރާމްގެ ދަށުން މާލޭ ފަސް ސްކޫލަކަށް ދޭން ހަމަޖެހިފައިވާއިރު އަތޮޅުތެރޭ ސްކޫލްތަކަށްވެސް ނާސްތާ ޕްރޮގްރާމްގެ ދަށުން ނާސްތާ ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މިއަދު ވަނީ 25 ސްކޫލެއްގައި ނާސްތާ ދޭން ފަށައިފަ އެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގުރާމްގެ ނަތީޖާ އަށް ބެލުމަށްފަހު، ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.