ބެސްޓް އިންވެސްޓަ ރިލޭޝަންސް ކޮމްޕެނީ އެވޯޑް އުރީދޫއަށް

ބެސްޓް އިންވެސްޓަ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސްގެ މަގާމަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެ އެވެ. މިދިޔަ އަހަރުގެ ގްލޯބަލް ބޭންކިން އެންޑް ފައިނޭންސް އެވޯޑްސްގައި، މިފަދަ އެވޯޑެއް ލިބުމާ ގުޅިގެން އުރީދޫން އަންނަނީ އުފާފާޅު ކުރަމުންނެވެ. އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ، މި ޝަރަފުވެރި އެވޯޑާއެކު، އިންވެސްޓަރުންނާއި ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތައް ފުރިހަމަކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތް ބަލައިގެންފައިވާ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އުރީދޫން ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ލިބެމުންދާ ހިތްވަރާއި އިތުބާރުގެ އަގުވަޒަންކޮށްފަ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިން ގަވާއިދުގައި ވާގޮތުގެ މަތިން، އުރީދޫ މޯލްޑިވްސްގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. އެ ކުންފުނިން ބާއްވާފައިވަނީ ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އެންމެ ކާމިޔާބު އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އެވެ. އުރީދޫ މޯލްޑިވްސްގެ އައިޕީއޯގައި 14,045,260 ހިއްސާ 8257 ހިއްސާދާރުންނަށް ވިއްކާފައިވެ އެވެ. އެގޮތުން ޖުމްލަ 421 މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ހޯދައިފަ އެވެ.

ވިއްކާފައިވާ ހިއްސާއަކީ ކުންފުނީގެ ދޫކޮށްފައިވާ ހިއްސާގެ 9.5 ޕަސެންޓެވެ. އައިޕީއޯގައި ރާއްޖޭގެ ގިނަ ހިއްސާދާރުންގެ ބައިވެރިވެފައިވާއިރު އޭގެ ތެރެއިން 6،000 ހިއްސާދާރުންނަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި އަލަށް ބައިވެރިވި ފަރާތްތަކެވެ.

އުރީދޫ މޯލްޑިވްސް ވެގެންދިޔައީ ރާއްޖޭގައި ލިސްޓުކުރެވިފައިވާ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނީގެ އިތުރުން، އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުންޏަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.