ނިއުމާގެ ވަދާއީ ފިލްމް “ނިވައިރޯޅި” އަންނަ ބުރާސްފަތި ދުވަހުގެރޭ އޭދަފުށީގައި

ނިވައިރޯޅީގެ ޕޯސްޓަރެއް

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް “ނިވައިރޯޅި” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި ދައްކަން ނިންމައިފި އެވެ.

ފިލްމު އޭދަފުށީގައި އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނީ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި “ނިވައިރޯޅި” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.


ފިލްމުގެ ޓިކެޓް ވިއްކާނީ 100ރ. އަށެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދު އާއި މާލޭގަ އެވެ. އަދި ފިލްމުގެ ލަވައެއްގެ މަންޒަރު ރާއްޖޭން ބޭރުގައި ނަގާފައިވެ އެވެ.

“ނިވައިރޯޅި” އިން ނިއުމާއާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.