ފޭލި ގުރުއާން މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށަނީ

ފޭލިން މިދިޔަ އަހަރު ބޭއްވި ގުރުއާން މުބާރާތުގެ ތެރެއިން-- ފައިލްފޮޓޯ

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ގުޅުވައިގެން އޭދަފުށީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ މިއަހަރުގެ މުބާރާތުގައި 250 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށާއި މުބާރާތް އޯގަސްޓް 1-4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިން ކިޔަވަންޖެހޭ ގޮތުގެ ތަރުތީބު މިހާރު ފޭލި ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށްވެސް ފޭލިން ބުންޏެވެ.

ފޭލިން ބުނީ ރަމަޟާންމަހާ ގުޅުވައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީ، އެ މައްސަރުގެ ބަރަކާތްތެރިކަން އަޅުގަނޑުމެންގެ ޅަދަރިންނަށް އަންގައިދީ، އެކުދިން ކީރިތި ޤުރްއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން ބާއްވާ 12 ވަނަ މުބާރާތެވެ.

ފޭލި ގުރުއާން މުބާރާތުގައި ބައިވެރިން ކިޔަވާ ތަރުތީބު ޑައުންލޯޑް ކުރައްވާ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.