ހިސާން އާއި ލަތީފް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި

ހިސާން އަދި އަހްމަދު ލަތީފް

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ތުޅާދޫ ދާއިރާގެ ޓިކެޓް ހިޝާން ހުސައިން އަދި ކެންދޫ ދާއިރާގެ ޓިކެޓް އަހްމަދު ލަތީފް ކާމިޔާބުކުރައްވައިފި އެވެ.

ބޮޑު ތަފާތަކުން ހިސާން ޕްރައިމަރީ ޓިކެޓު ކާމިޔާބު ކުރީ 586 ވޯޓުންނެވެ. ހިސާން އާއި އެންމެ ގާތުން ވާދަކުރި ރިޔާޒު އަށް ލިބުނީ 202 ވޯޓެވެ.

މިފަހަރު ތުޅާދޫ ދާއިރާގެ ޓިކެޓް ހިސާން ހޯއްދެވިއިރު އޭނާ ވަނީ މީގެ ކުރިން ބޭއްވި މަޖިލިސް ދެ އިންތިޚާބުގައި ވެސް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާފަ އެވެ. ނަމަވެސް އެއްވެސް ފަހަރަކު ކާމިޔާބެއް ނުލިބުނެވެ.

ސިޔާސީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހިސާން ހުސައިން ކުރިމަތިލައްވާ ތުޅާދޫ ދާއިރާއަކީ އެމްޑީޕީގެ ސަޕޯޓް ބޮޑު ދާއިރާއެކެވެ. އެ ދާއިރާގައި ތުޅާދޫގެ އިތުރުން ދެން ހިމެނެނީ ގޮއިދޫ އާއި ފުޅަދޫ އަދި ފެހެންދޫ އެވެ.

ދަރަވަންދޫއަށް އުފަން އަހްމަދު ލަތީފަކީ ކެންދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އެވެ. އޭނާ ކެންދޫ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ 268 ވޯޓުންނެވެ. އޭނާ އާ އެންމެ ކައިރިން ވާދަކުރެއްވި އިސްމާއިލް އަމީނަށް ލިބުނީ 141 ވޯޓެވެ.

މީގެ އިތުރުން، އެމްޑީޕީ ޕްރައިމަރީގައި އޭދަފުށީ ދާއިރާގެ ޓިކެޓު، ކާމިޔާބު ކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓެ) އެވެ. އޭނާ އާ ވާދަކުރެއްވި ހިތާދޫ ޔޫސުފް ގާސިމަށް ލިބުނީ 136 ވޯޓް އަދި މަބްރޫކް ނަސީރަށް ލިބުނީ 118 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.