ބ. ދަރަވަންދޫ ކުނިކޮށީގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.
މިރޭ 8:15 ން ހާއިރު ރޯވި މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 9:30 ހާއިރު އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރީ ދަރަވަންދޫ އެއާޕޯޓްގެ ފަޔާ ވެހިކަލްތައް ބޭނުންކޮށްގެންނެވެ.
މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ކުނި ކޮށީގައި ހުރި ބައެއް ތަކެތި ވަނީ އަނދާފައެވެ.
ދަރަވަންދޫ ކުނި ކޮށީގައި މިރޭ އަލިފާޏް ރޯވިއިރުއިރު، މިދިޔަ ހުކުރު ދުވަހު ވަނީ އެރަށު ހުޅަނގު ސަރަހައްދު ވަލުތެރެއިން އެއާޕޯޓްގެ ފެންސް ކައިރީގައިވެސް އަލިފާން ރޯވެފަ އެވެ.