ކިހާދޫގައި މަލްޓި ގްރޭޑް އުވާލަން މުޒާހަރާ ކޮށްފި

މަލްޓި ގުރޭޑް އުވާލަން ގޮވާލާ ކިހާދޫ ސްކޫލު ދޮށުގައި ބެލެނިވެރިން މުޒާހަރާ ކުރަނީ–

ބ. ކިހާދޫގައި މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭތީ އެކަން ހުއްޓާލައި ވަކި ކުލާސްތަކުގައި ކިޔަވައިދޭން ގޮވާލާ އެ ރަށު ސްކޫލުގެ ބެލެނިވެރިންތަކެއް މިއަދު މުޒާހަރާ ކޮށްފިއެވެ.

 މަލްޓި ގްރޭޑް ޓީޗިން އަކީ އާބާދީ މަދު ސްކޫލުތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް، ދަރިވަރުންނަށް ކްލާސްރޫމެއްގެ މާހައުލުން ލިބެންޖެހޭ މައުލޫމާތާއި ހުނަރުތައް ލިބިގަތުމަށްޓަކައި އެއް ގްރޭޑަކަށް ވުރެ ގިނަ ގްރޭޑުތައް އެއްކޮށް، ދަރިވަރުންގެ ފެންވަރާ ގުޅޭގޮތުން އެއް ކްލާސްރޫމެއްގައި ކިޔަވައިދިނުމުގެ ނިޒާމެކެވެ.

ކިހާދޫ ސްކޫލުގެ ގްރޭޑު 5 އަދި 6 ގެ ދަރިވަރުންނަށް އެއްކޮށް ކިޔަވައިދެމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

މިއަދު ހެނދުނު އެ ގްރޭޑުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ބެލެނިވެރިން ވަނީ ސްކޫލު ކުރިމަތީ އަޑު އުފުލާފައެވެ. އެގޮތުން މައިގަނޑު ގޮތެއް ބެލެނިވެރިން ބުނެފައި ވަނީ މަލްޓި ގްރޭޑު ސިސްޓަމްގެ ސަބަބުން ނަތީޖާ ހާސިލު ނުވާ ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ހަލާކުވާ ކަމަށެވެ.

މަލްޓި ގުރޭޑް އުވާލަން ގޮވާލާ ކިހާދޫ ސްކޫލު ދޮށުގައި ބެލެނިވެރިން މުޒާހަރާ ކުރަނީ–

ބެލެނިވެރިން މިއަދު މުޒާހަރާކުރި އިރު އެ ގްރޭޑުގައި ކިޔަވަމުން އަންނަ ދަރިވަރުން މިއަދު ސްކޫލަކަށް ނުފޮނުވައެވެ. ނަމަވެސް ސްކޫލްގެ އެހެން ކްލާސްތަކުގެ ކިޔެވުން ކުރިއަށް ދިޔައެވެ.

ކިހާދޫގައި އެމައްސަލަ ބޮޑުވެފައި މިވަނީ އދ. ހަންޏާމީދޫގައި، މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭތީ އެކަމާ ހިތްހަމަ ނުޖެހިގެން ސްކޫލުގެ ބެލެނިވެރިން، އެރަށު ކުދިން ސްކޫލަށް ނުފޮނުވާތީ އެ މައްސަލަ ބަލަން އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް، ވަކި ކްލާސްތަކުގައި ކިޔަވައިދޭން ފަށާފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.