މެލޭޝިއާގެ ފިހާރައަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އޭދަފުށީ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ބައެއް މީޑިޔާ ތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އޭދަފުށީ ކައުންސިލުގެ ޒިންމާދާރުވެރިޔާ ނިއުމާ އަހްމަދު އެވެ. މިވަގުތު ނިއުމާ ވަނީ މެލޭޝިޔާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ކަފާލާތުގެ ދަށުން ނިއުމާ މިނިވަންކުރަން 8000 ޑޮލަރުދައްކަން ޖެހޭ ކަމަށާއި، އެ މައްސަލާގައި ނިއުމާ ކޯޓަށް ހާޒިރު ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހު ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
Zin’maa dhaaruverin zin’maa adhaa kuranee ehnu e…. ladhun boa halaaku vejje….dhnves vazeefaa in vaki kohbala…..naagaabil zin’maa dhaaru veriyaaa….gas kan’daa niumaa…