ލިންޒީ ލޯހަން ދޮންފަނުގައި



ލިންޒީ (ވ) އޭނާގެ ކޮއްކޮ އަލީ (ކ) އަދި ދޮންފަނުގެ އަންހެން ދެކުދިންނާއެކި— ފޮޓޯ: ލިންޒީ/ އިންސްތަގްރާމް

ބ. އަތޮޅުގެ އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް މިހާރު ރާއްޖެ އައިސް އުޅޭ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ލިންޒީ ލޯހަން ބ. ދޮންފަނަށް ޒިޔާރަތްކޮށް، އެރަށުގެ ރައްޔިތުންނާއެކު ވަގުތު ހޭދަކޮށްފި އެވެ.

މިފަދަ ތަރިން، މީހުން ދިރިއުޅޭ ރަށްތަކަށް ދިއުމަކީ އާއްމުކޮށް ކޮށްއުޅޭ ކަމެއް ނޫނެވެ.

ނަމަވެސް ލިންޒީ ރާއްޖެ ޒިޔާރަތްކުރުމަށް ފަހު އޭނާގެ ޝައުގުވެރިވީ ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން ބަލާލުމަށެވެ.

ލިންޒީ ދޮންފަނުގެ ގެއެއްގެ ކުރިމަތީގައި—ފޮޓޯ: ލިންޒީ

އެގޮތުން ލިންޒީ އާއި އޭނާގެ ކޮއްކޮ އަލިއާނާ ލޮހާން ވަނީ އިއްޔެ ދޮންފަނަށް ޒިޔާރަތް ކޮށް އެރަށުގެ ދިވެހިވަންތަ ދިރިއުޅުން ދިރިއުޅުން މުޅި ދުނިޔެއަށް ހިއްސާ ކޮށްފައެވެ.

ލިންޒީއާއި ކޮއްކޮ އަލިއާނާ ދޮންފަނުގައި އުޅުނީ އެ ރަށަށް އަންނަ އާދައިގެ ފަތުރުވެރިންވެސް އުޅޭހެންނެވެ. އަދި ދޮންފަނުގެ ގޭގެއަށް ގޮސް ރަށުގެ ރައްޔިތުންނަށް ހަދިޔާވެސް ބަހައި ހަދައިފައެވެ.

ދޮންފަނުގައި ހޭދަކުރި ވަގުތުތަކުގެ ތެރެއިން އެމީހުން ނަގާފައި އެތައް ފޮޓޯއެއް، އިންސްޓަގްރަމް ގައި އެކި ގޮތްގޮތަށް ހިއްސާކޮށްފައިވެއެވެ. ދޮންފަނު ސްކޫލާއި، ގެއެއްގެ ތެރޭގައި ރޯނުގައި އަންނައުނު ހިއްކަން އަޅާފައިވާ މަންޒަރު އިންސްޓަގްރަމް އަށް ދޫކޮށްލާފައިވެއެވެ.

“މިއަދު އަހަރެންނަށް ބައްދަލުވެއްޖެ ދޮންފަނުގެ ރީތި ދެ އަންހެންކުދިންނާ. މިއީ ވަރަށް ހިތްގައިމުކަމެއް.” އެ ރަށުގެ އުނދޯއްޔެއްގައި އޭނާ އިނދެ ލިންޒީ ނަގާފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ލިޔެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.