ސަލީމުގެ ފުރަތަމަ ކެމްޕޭން ޖަގަހަ ހުޅުވައިފި

ސަލީމުގެ ފުރަތަމަ ކެމްޕޭން ޖަގަހަ އޭދަފުށީގައި ރޭ ހުޅުއްވައިދެއްވަނީ

އަންނަ އޭޕްރިލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ އަދި މިހާރުވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ފުރަތަމަ ކެމްޕޭން ޖަގަހަ ރޭ ހުޅުވައިފި އެވެ.

“ވެލާ ޖަގަހަ” ގެ ނަމުގައި މި ޖަހަގަ ހުޅުވީ މިރަށު ހުޅަނގު ސަރަހައްދު މުއީނުއްދީން މަގުގައެވެ.

ސަލީމަށް ތާއިދުކުރާ ޒުވާނުންނާއި ގިނަ އަދަދެއްގެ އިސް ރަށްވެހިން ވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ޖަގަހަ ހުޅުވައިދެއްވުމަށްފަހު، ވާހަކަ ދައްކަވަމުން ސަލީމް ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެހެން ފަހަރުތަކާ ޚިލާފަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ.  

“އެހެން މި ދަންނަވަން ޖެހެނީ އެއްގޮތަކަށް ވެސް އޭދަފުށީ ދާއިރާއަކީ މި ދާއިރާއަށް ކުރިމަތިލެވޭ ފެންވަރުގެ މީހުން ނެތް ދާއިރާއެއް ނޫން. މި ދާއިރާ ހިމެނޭ އޭދަފުށި، މާޅޮސް، ހިތާދޫ މިއިން ކޮންމެ ރަށަކީވެސް މި ދާއިރާއަށް ކުރިމަތިލެވޭ ވަރުގެ ގާބިލުކަންހުރި ކުޅަދާނަ އިލްމީ ރަށްތަކެއް. އެހެންވެ މިތަނަށް ކޮންމެހެން ރަށުން ބޭރު މާލެއިން ނޫނީ ފުވައްމުލަކުން ނޫނީ އައްޑު އަތޮޅުން މީހަކު އައިސް މިތަނުގެ ގޮނޑި ގެންދަން މަސައްކަތް ކުރާކަށް އުޅޭނެ ކަމެއްނެތް. އެ އަކީ އިރާދަކުރެއްވިޔާ ކުރެވޭނެ ކަމެއްވެސް ނޫން.” ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މީގެ ކުރިންވެސް އޭދަފުށީ ދާއިރާގެ ގޮނޑި ބައެއްގެ އަތްމަތީގައި އޮއްވާ އެ ގޮނޑި މިނިވަންކުރީ އޭދަފުށީ ދަރިންތަކެއްގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

“އަޅުގަނޑުމެން މިފަހަރު މަސައްކަތް ކުރަންޖެހެނީ މި ގޮނަޑި މިނިވަން ކުރުމަށް. މި މިނިވަންކަން ދެމެހެޓުމަށްޓަކައި. މި ދާއިރާގެ ގޮނޑިއަކީ ދުވަހަކު ވެސް ދާއިރާއިން ބޭރު މީހަކަށް ލިބޭނެ ގޮޑިއެއް ނޫންކަން މިފަހަރު އަޅުގަނޑުމެން ޖެހޭނެ ވަރަށް ރީއްޗަށް ދައްކާލަން،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.