ބީއެމްއެލްއަށް 277 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް: މިދިޔަ ކުއާޓަރުގައި ވެސް އެ ބޭންކުން ބޮޑު ފައިދާއެއް ހޯދި. ފޮޓޯ: ބީއެމްއެލް

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 277 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އާއްމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ޓެކްސް އަށް ކެނޑުމަށްފަހު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ތިން ޕަސެންޓް ވަނީ އިތުރުވެފައެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އާމްދަނީ އިތުރުވެފައި ވަނީ ބޭންކުގެ ހުރިހާ ދާއިރާއަކުން ފައިދާ ލިބި، ލޯނު ދޫކުރެވުނު މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ބޭންކުން ވަނީ ހިދުމަތް ފުޅާ ކުރުމަށްޓަކައި މިދިޔަ ކުއާޓާގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ހިންގުމުގެ ހަރަދު އިތުރުކުރުމާއި އަލަށް ބޭނުން ކުރަން ފަށާފައިވާ އެކައުންޓިން ސްޓޭންޑަޑް އައިއެފްއާރުއެސް 9 ގެ ދަށުން ލޯނު ޕްރޮވިޝަންގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު އިތުރުވެފައިވުމާއި “އަހަރެންގެ ބޭންކު” ޕްރޮގްރާމުގެ ދަށުން މުޖުތަމައުއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވެ އެވެ.

ބޭންކު ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނު ވިދާޅުވީ، ބޭންކުން ދަމަހައްޓަމުންދާ ކާމިޔާބީ މިދިޔަ އަހަރު ވެސް ލިބިގެން ދިޔައީ ރާއްޖޭގެ އެކި ހިސާބަށް ބޭންކުގެ ހިދުމަތް ފުޅާކުރެވުމުންނެވެ. މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމާއި ބޭންކިން ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތައް އެކުއެކީގައި ކާމިޔާބު ކަމާއެކީ ކުރިޔަށް ގެންދެވުނުކަމީ ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކްގެ އާމްދަނީ އިތުރުވެފައިވާ އިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކްގެ ސާވިސް ސެންޓަރުތަކާއި ޕީއޯއެސް މާޗަންޓުންނާއި ރިލޭޝަންޝިޕް މެނޭޖުން ހަރަކާތްތެރިވެ އެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.