އުރީދޫން ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ފަތަން ދަސްކޮށްދެނީ

އުރީދޫން ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ފަތަން ދަސްކޮށްދޭ ޕްރޮގްރާމް މިއަދު އޭދަފުށީގައި މިއަދު އިފްތިތާހު ކުރަނީ– އީޓި ފޮޓޯ/ތޯރިގް

އުރީދޫ އަދި ސްވިމް މޯލްޑިވްސް ގުޅިގެން ކުޑަކުދިންނަށް ރައްކާތެރިކަމާއިއެކު ފަތަން ދަސްކޮށްދީ، ނުރައްކާތެރި ހާލަތެއްގައި ކަންކުރަންވާ ގޮތް އުނގަންނައިދިނުމަށް، “ފަތާލަމާ” ސްވިމިންގ ކޭމްޕް މިއަދު ތަޢާރަފްކޮށްފި އެވެ.

ސްވިމް މޯލްޑިވްސް އިން ބ. އަތޮޅުގައި ކުރިއަށްގެންދަމުންދާ “ބާ ކްރޯލް” ގެ އިފްތިތާހު ކުރުމަށް އޭދަފުށީގައި ބޭއްވި ހަރަކާތުގައި، މިއަދު ހެނދުނު ފަތާލަމާ ސްވިމިންގ ކޭމްޕް ތައާރަފް ކޮށްދިނީ ޓުއަރިޒަމް އަލީ ވަހީދު އާއި އުރީދޫގެ ޑައިރެކްޓަރު އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު އަދި ސްވިމް މޯލްޑިވްސްގެ ފައުންޑަރ ހުސެން ޝަމީމެވެ.

އުރީދޫން ބުނި ގޮތުގައި  ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވިގެންދާނެ މި ތަމްރީނު ޕްރޮގްރާމް ތަކުގައި، ވާދަވެރިކޮށް ފެތުމުގެ އުކުޅުތައްވެސް ދައްކުވައިދީ، ފެތުމުގެ ދާއިރާއަށް ނުކުތުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޭމްޕުތައް ބޭއްވިގެންދާނީ ފެބްރުއަރީގެ ފުރަތަމަ ހަފްތާ ތެރޭގައި ބ އަތޮޅުގެ ހަތް ރަށެއްގައެވެ. މީގެތެރޭގައި އޭދަފުށި، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކުޑަރިކިލު އަދި ކެންދޫ ހިމެނެއެވެ. އަދި ކުރިއަތް އޮތް އަހަރު ތެރޭގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި މި ކޭމްޕުތައް ބޭއްވުމަށް އުރީދޫން ވަނީ ހަމަޖައްސާފައެވެ.

“އަޅުގަނޑުމެންގެ ރަށްތައް ވަށައިގެން ވަނީ ކަނޑު ކަމަށްވާއިރު، ދިވެހި ކުދިންނަށް ރަނގަޅަށް ފަތަން އެނގުމަކީ ވަރަށްވެސް މުހިއްމުކަމެއް. ހަމައެހެންމެ، ފެތުމުގެ މައިދާނުގައި ވާދަކުރަން ބޭނުންވާ ކުދިންނަށް ހިތްވަރުދީ، އެކުދިންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް މަގުފަހިކޮށްދޭން ޖެހޭ. ފަތާލަމާ ޕްރޮގްރާމް ތައާރަފްކޮށް، ރާއްޖޭގެ ތަޖުރިބާކާރު ފެތުމުގެ ކޯޗުންގެ ހުނަރުތައް ކުރިއަށްއޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަކީ، މި ޕްރޮގްރާމްތަކުގެ އެންމެ މުހިއްމު މަޤްޞަދު،” ހުސެން ނިޔާޒު ވިދާޅުވިއެވެ.

“މޫދަށްގޮސް، ފަތާ އުޅޭއިރު، ރައްކާތެރިކަން ހޯދުމަށް ބޭނުންވާ އަސާސީ ހުނަރުތައް އަޅުގަނޑުމެންގެ ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، އުރީދޫގެ ފަތާލަމާ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ހަރަކާތެއް. އުރީދޫ އާއި އެކު، މި ޕްރޮގްރާމް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދެވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުމަށް ލޯބި ކުރާ ކުދިން އުފެދި، މުސްތަޤްބަލުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދޭނެ ހުނަރުވެރި ފެތުންތެރިން އުފެދިގެންދިއުން.” ސްވިމް މޯލްޑިވްސްގެ ފައުންޑަރު ހުސެން ޝަމީމް ވިދާޅުވިއެވެ.

އުރީދޫ ކަލަރ ރަން، މަސްރޭސް އަދި ތަފާތު ކުޅިވަރުތަކަށް ފޯރުކޮށްދޭ އެހީތެރިކަން މެދުވެރިކޮށް، ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށްޓަކައި އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ސްވިމް މޯލްޑިވްސް ފަދަ ތަފާތު އެކި ޕާޓްނަރުންނާއި ގުޅިގެން، މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އުރީދުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.