ވޭތުވެދިޔަ އަހަރު ދިރާގަށް ލިބުނު ފައިދާއިން ހިއްސާއަކަށް 11.91 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހެޅުމަށް ދިރާގުން ނިންމައިފި އެވެ.
އެހެންވެ، ހިއްސާދާރުންނަށް މި އަހަރު ބެހުމަށް ނިންމާފައިވަނީ 10 ލާރި ބޮޑު އަދަދެކެވެ.
ޑިރެކްޓަރުންގެ ބޯޑުން ނިންމި އެ ނިންމުން ދިރާގުގެ އަހަރީ އާންމު ޖަލްސާ އިން ފާސްވެއްޖެ ނަމަ 11.91ރ. ގެ މަގުން ހިއްސާ ބަހާނެ އެވެ. ބޯޑުގެ ނިންމުން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާނެ އެވެ.
ދިރާގުގެ ހިއްސާގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 897.6 މިލިޔަން ރުފިޔާ ބަހާފައިވެ އެވެ. އެއީ ހިއްސާ އަކަށް 11.81ރ. އެވެ.
އެހެންވެ، ހިއްސާދާރުންނަށް މި އަހަރު ބެހުމަށް ނިންމާފައިވަނީ 10 ލާރި ބޮޑު އަދަދެކެވެ.
ދިރާގުން ވަނީ މިދިޔަ ހަތް އަހަރު ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޮޑު ހޭދައެއް ކޮށްފައި ވެ އެވެ.