ބީއެމްއެލް އިން މަތީ ތައުލީމަށް ޚާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފި

ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް “ބީއެމްއެމްއެލް ރިވެލި” ނަމުގައި ހާއްސަ ޕްރޮގްރާމެއް މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިފްތިތާހުކޮށްފިއެވެ.

ބީއެމްއެލް ރިވެލި ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ބޭންކުން ފުރަތަމަ ތަޢާރަފްކޮށްފައިވަނީ ޑިޕްލޮމާ އިން ބޭންކިންގ އެންޑް ފައިނޭންސްގެ ކޯހެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ މި ކޯހަކީ 12 މަސްދުވަހުގެ ކޯހެކެވެ.

ބީއެމްއލް އިން ބުނި ގޮތުގައި މި ކޯހުގެ މަގްސަދަކީ ޒުވާނުންނާއި އަދި ބޭންކިންގ ދާއިރާއިން ކުރިށްދާން ބޭނުންވާ ފަރާތްތަކަށް، އެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ތަޢުލީމާއި ހުނަރު ދަސްކޮށްދީ އަދި ރާއްޖޭގެ ބޭންކިންގ ޞިނާއަތަށް ބޭނުންވާ ތައުލީމީ ގާބިލް ޒުވާނުން އުފެއްދުމެވެ.

މި ޑިޕްލޮމާގެ ކަރިކިއުލަމް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ވިލާ ކޮލެޖާ ގުޅިގެންނެވެ. މި ކޯސް ކުރިއަށް ގެންދިޔުމުގައި އުނގަންނައި ދިނުމުގެ ގޮތުން ވިލާ ކޮލެޖަށް ލިބިފައިވާ ތަޖުރިބާގެ އިތުރުން ދާއިރާ އާ ގުޅޭ ޕްރޮފެޝަނަލް އެހީތެރިކަން ބޭންކުގެ ފަރާތުން ދިނުމަށްވަނީ ހަމަޖެހިފައެވެ. އެ ގޮތުން ބޭންކިންގ ދާއިރާގައި ތަޖުރިބާހުރި ބީއެމްއެލްގެ މުވައްޒަފުން މި ކޯހުގައި ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

އަދި މީގެ އިތުރުން ގެސްޓް ސްޕީކަރސްގެ ގޮތުގައި ވެސް ބޭންކިންގ ދާއިރާގެ ތަޖްރިބާ ހޯއްދަވާފައިވާ މުވައްޒަފުން ހިމެނޭނެއެވެ. މި އާއެކު މި ޕްރޮގްރާމް ވެގެންދާނީ ބޭންކުގެ މުވައްޒަފުންގެ އިތުރުން މި ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ޒުވާނުންނަށްވެސް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ކަމަށް އެ ބޭނުންކުން ބުންޏެވެ.

މި ޕްރޮގްރާމް އާ ގުޅޭ ގޮތުން ވިލާ ކޮލެޖާއި ބޭންކާ ދެމެދު ވެވޭ އެމްޔޫއޯގައި ސޮއިކުރުމަށް ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އަބަދުވެސް އަމާޒަކީ ޤާބިލު، މަސައްކަތްތެރި އަދި ކަސްޓަމަރުން އެދޭފަދަ ޚިދުމަތެއް ބޭންކުގެ ވިޔަފާރީގެ ތަސައްވުރާ އެއްގޮތްވާގޮތުގެ މަތިން ފޯރުކޮށްދޭނެ މުވައްޒަފުން ތަކެއް އުފެއްދުން ކަމަށެވެ.

“ބީއެމްއެލް ރިވެލި ޕްރޮގްރާމާއެކު ބޭންކިންގ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ދާއިރާ އާ ގުޅޭ ތައުލީމާއި ތަމްރީނު ފޯރުކޮށްދެވިގެން ދާނެ.،”

 ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ވެސް ހިމެނޭ ކުންފުންޏެކެވެ. އަދި ބޭންކުގެ މުވައްޒަފުންގެ ބޮޑު ނިސްބަތަކީ ފަޚްރުވެރިކަމާއެކު މަސައްކަތްކުރަމުން އަންނަ ދިވެހިންނެވެ. މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުންބިނާކުރުމުގައި ގެންގުޅޭ އުސޫލްތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް ” އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ބޭންކް އޮފް މޯލްޑިވްސް އިންވަނީ ޖެހިޖެހިގެން ދެ އަހަރު ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.