މާޅޮހުގައި ނަރުދަމާ އަވަސްކޮށްދޭން ރައީސަށް ދަންނަވައިފި

މާޅޮހު ކައުންސިލްގެ ބައެއް މެމްބަރުން ރައީސް އާއެކު– ފޮޓޯ: ރައީސް އޮފީސް

ބ. މާޅޮހުގެ ނަރުދަމާގެ މަޝްރޫއު އަވަހަށް ފައްޓަވައިދެއްވުމަށް އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ކައުންސިލުން އެކަމަށް އެދިވަޑައިގެންފައި ވަނީ އިއްޔެ ރައީސް ސޯލިހު އާއެކު ބޭއްވި ބައްދަލުވުމުގައެވެ. 

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އެ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާބެހޭ މައުލޫމާތު ރައީސް ސޯލިހު އާއި ވަނީ ހިއްސާކޮށްފަ އެވެ.

އެގޮތުން އެ ރަށަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ނަރުދަމާގެ ނިޒާމް ކަމަށާއި، ނަރުދަމާގެ މަޝްރޫޢު އަވަހަށް ފައްޓަވައިދެއްވުމަށް ވެސް ކައުންސިލުން ރައީސް ސޯލިހު އަރިހު އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މާޅޮހު ކައުންސިލްގެ ބައެއް މެމްބަރުން ރައީސް އާއެކު– ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުން ރަށުގެ ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންނެވިއެވެ. އަދި އެ ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ އިތުރުން ސުކޫލަށާއި ޞިއްޙީ މަރުކަޒަށް ދަތިވާ ބައެއް ކަންތައްތައް ކައުންސިލުން ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއި އެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.