“މިހާރު އެވޯޑްސް” ގައި ގޮއިދޫގެ 4 ކުއްޖެއް

އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިން: (ކވ.) ޝާނިޔާ، ރުދައިނާ ޝަމްހާ އަދި އަފާފު

“މިހާރު އެވޯޑްސް” ގައި ހިމެނޭ އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ތެރޭގައި ބ. ގޮއިދޫގެ ޒުވާން 4 ކުޅުންތެރިން ހިމެނިއްޖެ އެވެ.

އެސޯސިއޭޝަން ކަޕުން އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ ވެމްކޯ އަށް ކުޅޭ ގޮއިދޫގެ ޝާނިޔާ އަހުމަދާއި ޝަމްހާ ރިޔާޒު އާއި ލޮރެންޒޯގެ އައިމިނަތު އަފާފް ނާޒިމް އަދި އައިމިނަތު ރުދައިނާ އެވެ. ދެން މި އެވޯޑަށް ވާދަކުރަނީ ޕޮލިހުގެ ޝަހާ އެވެ.

މުޅި މުބާރާތުގައި ކުޅުނު ގިނަ މެޗުތަކުގައި މި ކުޅުންތެރިންވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

“މިހާރު އެވޯޑްސް” ގައި ހިމެނޭ މި އަހަރުގެ އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިން ވެސް ވަނީ ހޮވައިފަ އެވެ.

ވޮލީބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ފިރިހެން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.