
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުނުކުރެވި އަދި މިރަށުގައި ޖޫނިއާ ކޮލެޖެއް ގާއިމުނުރެވިވަނީ އެމްޑިޕީއާ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ހިންގި ބަޣާވާތުގެ ސަބަބުންކަމަށް ނަޝީދުގެ ރަނިން މޭޓް ޑރ މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
“ނެތޭ ވެވޭކަށް ބާޣީއަކަށް” މި ޝިއާރުގެ ދަށުން ރޭ އޭދަފުށީ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ “ބަޣާވާތަކުން” ވެރިކަން ބަދަލުކުރުމުގެ ސަބަބުން ގައުމު މިހާރު އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށާއި އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓާލާފައިވާ ކަމަށެވެ.
“ބޭނުންވަނީ ބަޣާވާތް ހަނދާންކުރަން. ބަޣާވާތުގެ ހިތި އަސަރުތަކުން އިބުރަތް ލިބިގަންނަން. ބަޣާވާތަކީ ހަގީގަތުގައިވެސް ހަލާކު. ހަރާމު ކަމަކަށް ހަލާލުކަމެއް ނާންނާނެ. ހަރާމް ކަމަކަށް ހަމަ އަންނާނީ ހަލާކު.” މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އެމަނިކުފާނު އިއްޔެ ހަވީރު މިރަށުގެ ބައެއް ގޭގެ އަށް ކުރެއްވި ޒިޔާރަތުންނާއި އިއްޔެ ބިންގާ އެޅުނު ދެވަނަ ޖަގަހައިގެ ސަބަބުން އޭދަފުށީގައި އެ ޕާޓީ ކުރިއަރުމުންދާ މިންވަރު ހާމަވެއްޖެ ކަމަށެވެ. އެގޮތުން އޭދަފުށީ އެއްކޮށް ބަދަލުވެ “ރީނދޫ ވެއްޖެ” ކަމަށްވެސް މުސްތަފާ ވިދާޅުވި އެވެ.
“މިފަހަރު ހަމަ އެއްބުރުން އޭދަފުށި ނަގާނެ. އަޅުގަނޑުމެން މިފަހަރު އޭދަފުށީގެ މެޖޯރިޓީއާއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނަން:
ރޭ ގެ ޖަލްސާގައި މުސްތަފާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވެސް ވާހަކަ ދެއްކެވި އެވެ.
ދެން ހަމަ ހަޖަމް ނުކުރެވެނީދޯ ކީއްކުރާނީ ……..ނިކަން ބަލާބަލަ ދަމުނަމާދަށް ގޮސްފަ ނަމާދުކޮށްގެން ބައިބައިގެން އައިސް ސައްތާރުމެން ކިތަންމެ ވަރަށް ފެން ޖެހިޔަސް އަންނިއެއް ނުތެމޭނެ ނުފެތޭނެ …………….
ތީ ހަމަ ޖީ ނައިނުގެ ޖޯލިފަތީގަ އެކަނި ދައްކާ ވާހަކަ މިރަށުގެ އެހެން އެއްވެސް ތަނަކު ތިވާހަކަތަކެއް ނުދައްކާ ތީ ހަމަ ހަޖަމް ކުރަން ދަތިވެގެން ދައްކާ ވާހަކަ ހަމަ އެއްބުރުން ދެން ލަލަލަލލަލަލަލަލަލަލލަލަަ
eydhafushi ga ulheynee hus laari ah ulhey meehun .. gaasim Anna ira vs Dhaaney Yaamin Ayas dhaaney . .Mikahala 2fuh keheyrin ulhey rashey eydhafushi ey e . . .
މުސްތަފާ ލުތުފީއަކީ ވަރަށް ފާޅުގައި އިސްލާމްދީނާ ދެކޮޅު މީހެއް. އޭދަފުށީގެ ކިތައް ޓީޗަރުންގެ ކުރިމަތީގައިތޯ ވިދާޅުވީ އިސްލާމީ ތާރީޚާއި ރަސޫލާގެ ސިޔަރަތަކީ ކޮންމެހެން ކިޔަވާދޭން ޖެހޭ އެއްޗެއް ނޫނޭ. އިސްލާމީ ތާރީޚް ކިޔެވީމައޭ ކުދިން ހަނގުރާމައަށް ދަނީ، އަދި އެހެން ދީންތަކާމެދު ނަފްރަތުކުރަނީ. މީ މުސްތަފާ ލުތުފީ 2009 ވަނަ އަހަރު ތައުލީމީ މަރުކަޒުގައި ޓީޗަރުންނާ ބައްދަލުކުރި އިރު ބުނި ވާހަކައެއް. މިކަމާ ހެކިވާނެ ކިތަންމެ ޓީޗަރުންނެއް ސްކޫލުގަ ތިބޭނެ. މިފަދަ މީހަކު ރަނިން މޭޓަކަށް މިއުޅެނީ ކޮން ކަމެއް ހާސިލްކުރަންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން ބުއްދިވެރި.
ކޮން ޖޫނިއާ ކޮލެޖެއް. ވިލާ ކޮލޮޖު އިސް މޯދެން އިނަފް. ތިޔައީ ވައުދުވާން އިނގޭބައެއް. ވައުދު ފުއްދައް ހަނދުމަފުޅު ނުހުންނަ ބައެއް. އެމް.ޑީ.ޕީ ގޯ ހޯމް.
އެއްބުރުން ޖެހޭނީ ރޯން، އެއްކަފަބުރުން ކަންފަތް ސާފުކޮށްލާ! އޭދަފުށީގަ އެމް.ޑީ.ޕީ އަކަށް ތާއީދެއްނެތް! ހަދާނެ ގޮތް ހުސްވީމަ ދެރަނުވާން ކޮންމެވެސް އެއްޗެކޭ ކިޔާނެ ދޯ، ދެން ލަލަލާ! #އެމް.ޑީ.ޕީފެއިލް ކަޓް ދަ ކްރެޕް.
ތިކަހަލަ ބައިވަރު ކޮލެޖް އަޅަންބުނި. ވުޖޫދަކަށް ނާދޭ. އަކާކޯއާއި ބިކާކޯއާއި ސިކާކޯވެސް އަންނާނެޔޯ ބުނި. ތެދެއް ހެދިއްޔާމު މާތާހިރެއްނު. ލަޑަޔާވާނީ ލަޑަޔާ.
ހާދަ އަސަރެއް ކުރެޔޭދޯ މިރަސުގަ ރީދޫކުލަ ގަދަވާތީ. ދެރަނުވޭ އިރާދަކުރެންވީއާ އޭދަފުށި ހަމަ އެއްބުރުން.
ތިޔަ ރީންދޫ ބައިގަނޑު އެވަނީ ގޮތް ހުސްވެފައި، ދޮގު ބުނުމާ މަކަރު ހެދުމާ އޮޅުވާލުން އިންތިހާ.. އޭދަފުށި ރީންދޫ ވާނީ ކިހިނަކުންތޯ! ފާލަން މަތީގަޔާ ބަނދަރުގަ ދަމާފަ އޮތް ދިދަޔަކުން ވާކަމެއް ނޫނޭ އެއީ މުސްތަފާބޭ! ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން ދިވެހި އިސްލާމް، ދިވެހި ދެ މާއްދާ ނައްތާލަން 24ގަޑި އިރު ދެފައި އެއްތާނުޖަހާ ދުވަމުން ތިޔަ ގެންދަވަނީ، #ލާދީނީ ސިޔާސަތު ތަކަށް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ، ލާދީނީ އެއްބުރުން ފެއިލްވާތަން ބަލަން ތިބޭތި! އޭދަފުށީ ގައި އޮތީ ތައުލީމީ ޖީލެއް، އޭދަފުށިން އެމް.ޑީ.ޕީ އަށް ބުނަނީ ނޫނެކޭ.
ރަށް ރީނދޫ ވީމަ މާ ދެރެއެއްނު ދޯ މުސްތަފާ………..ބަލަ އެދުވަހު ސިފައިންނަށް ވެސް ތި ރީނދޫމީހުން ކިހާ އަނިޔާއެއްކުރިންތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟
މުސްތަފާ ބޭބެ ބުންޏަސް އޭދަފުށީ ރީނދޫ ކުލައަކަށް ބަދަލެއް ނުވޭ! އެހެންތާވާނީ މުސްތަފާ މިރަށަށް ފޮނުވި މީހުންކައިރީގައި ކޮންމެ ވެސް ބުނަން އެބަޖެހޭ ތާ ދޯ! ހަމަޔަޤީން އޭދަފުށި އެއްކޮށް ބަދަލުވެ ” ރީނދޫ ވެއްޖެ” އޭ ބުނިއިރު ކެރިގެން މިބުނަނީ މަމިހުރީ އެމް. ޑީ ޕީ އާއި ފާޅުގަ ދެކޮޅަށޭ! މަމީ އޭދަފުށްޓަށް އުފަން އޭދަފުށީ ރައްޔިތެކޭ! ހަމަ ޔަގީނުންވެސް ވޯޓް ކަރުދާހުގެ 4 ވަނަ ގޮޅީގަ މަށެއް ފާހަގަ އެއް ނުލާނަން. ” ވެރިކަން ވެއްޓުނީ ވެރިކަން ކުރަން ނޭގޭތީ”.