ބ. ހިތާދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިހުރި އަހްމަދު ސަލީމް (ރެޑްވޭވް ސަލީމްގެ) ކެމްޕޭން ބިލް ބޯޑެއް ނަގައި އެރަށު ފަޅުތެރެއަށް އެއްލާލައިފި އެވެ.
ސަލީމް ކެމްޕޭން ޓީމުގައި ހިމެނޭ މީހަކު މީހަކު ބުނީ ހިތާދޫ ބަނދަރުމަތީގައި ޖަހާފައި ހުރި ސަލީމުގެ ކެމްޕޭން ބިލްބޯޑެއް އެތަނުން ނަގައި އެރަށު ފަޅުތެރެއަށް އެއްލާލާފައިވާ ކަމަށެވެ. އެކަން ކޮށްފައި ވަނީ ބުދަ ދުވަހުގެރޭ ދަންވަރު ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އަންނަ މަޖިލިސް އިންތިހާބާ ދިމާކޮށް ސަލީމުގެ ކެޕްއިން ޓީމުން ވަނީ ދާއިރާގެ ތިން ރަށުގެ އެކި ސަރަހައްދުތަކުގައި ޖަގަހަތައް ހުޅުވައި ކެމްޕޭން ބިލް ބޯޑުތައް ޖަހައި ފޯރީގައި ކެމްޕެއިން ހަރަކާތައް ހިންގަމުންނެވެ.