ވާރޭ ނުވެހި ގިނަ ދުވަސް ވުުމުގެ ސަބަބުން ބޯފެނަށް ޖެހިފައިވާ ބ. ކަމަދޫއަށް ސަރުކާރުން ފެން ފޯރުކޮށްދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ކަމަދޫ ކައުންސިލުގެ ނައިބް ރައީސް އަހްމަދު ސާޖިދު ވިދާޅުވީ، މުޅި ރަށުން ބޯފެން ހުސްވިކަމުގެ ޝަކުވާ ލިބުމުން، ވަގުތުން އެކަން ހަމަޖެއްސުމުގެ މަސައްކަތް ފެށިކަމަށާއި ވަރަށް އަވަހަށް އެކަން ހަމަޖެހިގެން ދިޔަކަމަށެވެ. އެގޮތުން އެރަށު ރައްޔިތުންނަށް 20 ޓަނުގެ ސާފު ބޯފެން މިދިޔަ ހުކުރުދުވަހު ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޯފެނަަށް ޖެހުމުގެ ސަބަބުން ފަހަކަށް
އައިސް ބ. އަތޮޅުގެ ގިނަ ރަށްރަށަށް ސަރުކާރުން ކޮންމެ އަހަރަކުވެސް އިރުވައި
މޫސުމުގެ ތެރޭގައި ބޯފެން ފޯރުކޮށްދީފައިވެ އެވެ.