ބީއެމްއެލް އިން ވެހިކަލް ލޯނު ތައާރަފްކޮށްފި

އަމިއްލަ ބޭނުންތަކަށާއި  ވިޔަފާރި ކުރުމަށް ގަންނަން ބޭނުންވާ ވެހިކަލް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ‘ވެހިކަލް ލޯން’ ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ލޯނަކީ ދިވެހި ރާއްޖޭގައި ވެހިކަލް ގަތުމަށް މަހަކު ދައްކަން ޖެހޭ އެންމެ ކުޑަ އަދަދު ކަނޑައެޅިފައިވާ ލޯނެވެ. އަދި ހަމައެހެންމެ މިއީ ރާއްޖޭގައި އިންސްޓޯލްމަންޓަށް ވެހިކަލް ދޫކުރާ ފަރާތްތަކުން މަހަކު ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކަށްވުރެންވެސް ކުޑަ އަދެދެކެވެ.

މި ގޮތުން ރަހުނަކާ ނުލައި 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބިގެން ދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދި  ހުށަހަޅާއިރު ގަންނަން ބޭނުންވާ ވެހިކަލްގެ  %20 ކަސްޓަމަރު އަމިއްލަ އަށް ޚަރަދު ކުރަންޖެހޭނެއެވެ. ބީއެމްއެލް ވެހިކަލް ލޯން ގެ ދަށުން ގަންނަން ހުށައަޅާ ކޯޓޭޝަނަކީ ބީއެމްއެލް އާއކު އެގްރީމަންޓް ކުރެވިފައިވާ ޑީލަރއެއްގެ ކޯޓޭޝަނަކަށް ވާންވާނެއެވެ. އަދި މި ލޯނުގެ ދަށުން ގަނެވޭ ވެހިކަލް ވާންޖެހޭނީ ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ވެހިކަލް އަކަށެވެ. ބޭންކާއެކު އެއްބަސްވުން ހަދާފައިވާ ވެހިކަލް ޑީލަރސްގެ ލިސްޓް  ބޭންކް ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ބޭނުންވާ ލިޔެކިއުންތަކާއެކު ބީއެމްއެލްގެ ކޮންމެ ބްރާންޗްއަކަށްވެސް ހުށަހެޅިދާނެއެވެ. އަދި އިންޓަނެޓް ބޭންކިންއަށް ލޮގިން ކުރުމަށް ފަހު އޮންލައިން ކޮށްވެސް ހުށަހެޅިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.