
މިރޭ ފެށުމަށް ފޭލި ޖަމިއްޔާއިން ތާވަލުކުރި ގުރުއާން މުބާރާތް ފަސްކޮށްފި އެވެ.
ފޭލިޖަމިއްޔާއިން ބުނީ މުބާރާތް ފަސްކުރީ މުބާރާތުގެ ޖަޖުންނަށް މިއަދު އާދެވޭގޮތް ނުވުމުން ކަމަށެވެ.
މި މުބާރާތް މިހާރު ބާއްވަން ޝެޑިއުލްކޮށްފައި ވަނީ އޯގަސްޓް 5 އިން 8 އަށެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހާ ގުޅުވައިގެން ފޭލިން ބާއްވާ މި މުބާރާތުގައި މިއަހަރު 297 ކުދިން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ފޭލިން ބުނީ ރަމަޟާންމަހާ ގުޅުވައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީ، އެ މައްސަރުގެ ބަރަކާތްތެރިކަން އަޅުގަނޑުމެންގެ ޅަދަރިންނަށް އަންގައިދީ، އެކުދިން ކީރިތި ޤުރްއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން ބާއްވާ 12 ވަނަ މުބާރާތެވެ.
ދީކޮ ހާދަ މޮޅޭ! މަރުހަބާ! ތިޔައީ އޭދަފުށި ދެކެން ބޭނުންވާކަހަލަ ކުދިން!