އުރީދޫން މޮބައިލް ވޯލްޑް ކޮންގްރެސްގައި ޑިޖިޓަލް ކެއާ އެސިސްޓަންޓް “އެވީ” ދައްކާލައިފި

ބައިނަލްއަޤްވާމީ އެތައް ޚާއްސަ ޓެކްނޮލޮޖީ ކުންފުނިތަކުގެ ބައިވެރިވުމާއިއެކު، ފަހުގެ އީޖާދުތަކާއި ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކޮންމެ އަހަރަކުވެސް ފެނިގެންދާ މޮބައިލް ވޯލްޑް ކޮންގްރެސް (އެމް.ޑަބްލިއު.ސީ) ބާސެލޯނާ 2019 ގައި، އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ޑިޖިޓަލް އެސިސްޓަންޓު “އެވީ” ދައްކާލައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ 5ޖީގެ ދުނިޔޭގައި، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އެކަށޭނެ ހައްލުތައް ހޯދައި، އެބޭފުޅުންގެ ޑިޖިޓަލް މުސްތަޤްބަލު އިތުރަށް އުޖާލާކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖަންސް އަދި މެޝިން ލާނިންގގެ ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށވެެ.

” ޓެކްނޮލޮޖީ ދާއިރާގެ އެންމެ ކުރިއަރާފައިވާ ލީޑަރުން ބައިވެރިވާ އެމް.ޑަބްލިއު.ސީ ބާސެލޯނާގައި، ދިވެހިރާއްޖެ ތަމްސީލުކޮށް، އުރީދޫ މޯލްޑިވްސްގެ ޑިވެލޮޕަރުންގެ އަމިއްލަ އުފެއްދުންތައް މިފަދަ ބާރުގަދަ ޕްލެޓްފޯމެއްގައި ދައްކާލެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ނުހަނު ބޮޑު ޝަރަފެއް، އަދި އުފަލެއް.” އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ޑިޖިޓަލް ސޮލިއުޝަންތަކުގެ އެހީގައި ކަސްޓަމަރުންނާއި ކުރާ މުއާމަލާތްތައް އިތުރަށް ފުރިހަމަ ކުރުމުގައި، އުރީދޫ މޯލްޑިވްސްއިން މުހިއްމު ލަނޑުދަނޑިތަކެއް ދަނީ ޙާޞިލް ކުރަމުންނެވެ.

އެގޮތުން، ބާސެލޯނާގައި އުރީދޫ އިން ވަނީ އާޓިފިޝަލް އިންޓެލިޖަންސް އަދި ޑީޕް ލާނިންގ ބޭނުންކުރާ ޗެޓްބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދޭނެ، އެކުންފުނީގެ ޑިޖިޓަލް ކެއާ އެސިސްޓަންޓު “އެވީ” ދައްކުވައިދީފައެވެ. ތަފާތު ޗެނަލްތަކުގައި މަސައްކަތް ކުރާ “އެވީ”ގެ އެހީތެރިކަން، ވޮއިސް ކޯލް އަދި އެސްއެމްއެސް މެދުވެރިކޮށް، އަދި ފޭސްބުކް މެސެންޖަރ، ޓްވިޓަރ، ވައިބަރ، ޓެލެގްރާމް، ވަޓްސްއެޕް ފަދަ އެޕްތަކުންވެސް ލިބޭނެއެވެ. ހަމައެހެންމެ، އެލެކްސާ އަދި ގޫގުލް އެސިސްޓަންޓު މެދުވެރިކޮށް ސްމާޓް ހޯމް ވަސީލަތަކުންވެސް “އެވީ” ގެ ޚިދުމަތްތައް ބޭނުންކުރެވޭނެއެވެ.

ކޯލް ސެންޓަރު ތަކަކީ ގިނަ ކަސްޓަމަރުންގެ ފަރާތުން އެއް ސުވާލުތަކަކަށް ޖަވާބު ފޯރުކޮށްދޭ ތަނަކަށްވެފައި، ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް އަވަސް ކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖަންސް އަދި މެޝިން ލާނިންގެ ބޭނުންހިފުމަށް ރަގަޅު ފުރުސަތުތަކެއް ލިބިގެންދެއެވެ. އުރީދޫގެ އުއްމީދަކީ “އެވީ” މެދުވެރިކޮށް މައުލޫމާތު ހޯދުމުން ފެށިގެން، ޚިދުމަތް ޚިޔާރުކުރުމާއި، ފަސޭހަކަމާއިއެކު ބޭނުންކުރުމުގައިވެސް ކަސްޓަމަރުންގެ ހުރިހާ ތަޖުރިބާތަކެއް އިތުރަށް ފުރިހަމަވެ، ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއި އެކު ލިބިގެންދިއުމެވެ.

އުރީދޫ މޯލްޑިވްސް ވަނީ ނިމިގެންދިޔަ އަހަރުތެރޭގައިވެސް ބާސަލޯނާގައި ކުރިއަށްދިޔަ މޮބައިލް ވޯލްޑް ކޮންގްރެސްގައި ބައިވެރިވެ، މަގޭ ޕްލޭން އަދި އެކުންފުނީގެ މަގުބޫލު އުރީދޫ ނެކްޓް ޕްލެޓްފޯމް ފަދަ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލައިފައެވެ. އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، އައު ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް ރާއްޖޭގައި ތައާރަފްކޮށް، ދިވެހިންގެ ހަޔާތަށް އިތުރު ތަރައްޤީ އާއި ފާގަތިކަން ގެނެސްދިނުމަށެވެ.

25 – 28 ފެބްރުއަރީގެ ނިޔަލަށް ކުރިއަށްދާ އެމް.ޑަބްލިއު.ސީ ބާސަލޯނާއަށް ޒިޔާރަތް ކުރާ ބޭފުޅުންނަށް އުރީދޫގެ މި އައު ޚިދުމަތުގެ އިތުރުން، އުރީދޫ ގްރޫޕްގެ ތަފާތު އީޖާދުތައް ހޯލް 2H60 އިން ފެނިގެންދާނެއެވެ. މިކަމާއި ގުޅޭ އެންމެ ފަހުގެ ޚަބަރުތައް، ކުންފުނީގެ ވެބްސައިޓާއި ސޯޝަލް މީޑިޔާ ޗެނަލްތަކުން ލިބިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.