ތުޅާދޫ ރައްތިޔުންގެ ކަންބޮޑުވުންތައް ރައީސަށް ދަންނަވައިފި

ތުޅާދޫ ކައުންސިލްގެ މެންބަރުން ރައީސް ސޯލިހުއާއި އެކު – ފޮޓޯ: ރައީސް އޮފީސް

ބ. ތުޅާދޫގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު އެ ކައުންސިލްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، ތުޅާދޫ ކައުންސިލުގެ މެންބަރުންވަނީ ރަށުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުންނާއި ތުޅާދޫ ރައްޔިތުން ރަށުން ބޭރަށް ހިޖުރަކުރަމުންދާކަން ފާހަގަ ކުރައްވައި، އެކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން ރަށުގައި މުހިންމު އުމްރާނީ ވަސީލަތްތަކެއް ގާއިމު ކުރެވިއްޖެނަމަ އެއީ ހައްލު ލިބިގެންދާނެ ކަމެއްކަން ކައުންސިލުން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ތުޅާދޫއަށް އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން ތަރައްޤީ ގެނައުމުގައި ކުރިއަށް ދެވިދާނެ ރޮނގުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ތުޅާދޫ ކައުންސިލްގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި، ޒުވާނުންނަށް އެކިއެކި ފުރުސަތުތައް ފަހިކޮށްދިނުމާ ބެހޭގޮތުންވެސް ޚިޔާލު ބަދަލު ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންތައް ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.