ގެލެކްސީ އެސް 10 ގެ ފޯނުތަކަށް އުރީދުން ޕްރީ އޯޑަ ނަގަން ފަށައިފި

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގުގެ ފަހުގެ ގެލެކްސީ އެސް 10 ސީރީޒް ރާއްޖޭގައި ތައާރަފްކޮށް، ފޯނުތަށް ބައްލަވައިގަތުމަށް ވަރަށް ޙާއްސަ ޕްލޭންތަކެއް އިއުލާނު ކޮށްފިއެވެ.

މިއަދު ހަވީރު އުރީދޫ މޯލްޑިވްސްގެ މައިއޮފީހުގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި، އުރީދޫއިން ވަނީ ސެމްސަންގް ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް ފޯނުތަކަށް ޕްރީއޯޑަރ ނަގަން ހުޅުވާލާފައެވެ. އަދި ޕްރީއޯޑަރ ކުރައްވާ ކޮންމެ ފޯނަކާއި އެކު، އުރީދޫގެ ފަރާތުން ގެލެކްސީ ބަޑްސް ހަދިޔާކުރެވިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

ރާއްޖޭގައި ސެމްސަންގް އެސް 10 ސީރީޒް ތައާރަފްކުރުމަށް ބޭއްވުނު ހަފްލާގައި، ސެމްސަންގް އިންޑިއާ އިލެކްޓްރޮނިކްސްގެ ފަރާތުން މެނޭޖިންގް ޑައިރެކްޓަރ އޮފް ސްރީލަންކާ އެންޑް މޯލްޑިވްސް، ހަންބޭ ޕާކް؛ ޑަރިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ ހވޯންގ؛ ހެޑް އޮފް މޮބައިލް އޮޕަރޭޝަންސް، ޝަންތަ ފަރނެންޑޯ؛ އަދި އުރީދޫ މޯލްޑިވްސް އިން ސީއީއޯ ނަޖީބް ޙާން؛ އަދި ޑައިރެކްޓަރ އޮފް ބްރޭންޑް އެންޑް ސޭލްސް، ހުސެން ނިޔާޒު ވަނީ ބައިވެރިވެފައެވެ.

ބައިނަލްއަޤްވާމީ ޓެކްނޮލޮޖީގެ ދާއިރާގެ ޝައުގުވެރިކަން ހޯދާފައިވާ މި ފޯނުތަށް ބައްލަވައިގަތުމަށް، އުރީދޫ ކަސްޓަމަރުންނަށް ވަނީ ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ. އެގޮތުން 1 އަހަރަށް ބަހާލެވިފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް 12 ޖީބީގެ ހިލޭ ޑޭޓާ ލިބި، ވަރަށް އަގުހެޔޮކޮށް ފޯނު ބައްލަވައިގަނެވޭނެއެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

އަގު (ރފ.) ސްޓޯރޭޖް ހޭންޑްސެޓް
12,999.00 128 ޖީބީ ސެމްސަންގް ގެލެކްސީ އެސް 10
14,499.00 128 ޖީބީ ސެމްސަންގް ގެލެކްސީ އެސް 10+
18,199.00 512 ޖީބީ ސެމްސަންގް ގެލެކްސީ އެސް 10+
23,599.00 1 ޓީބީ ސެމްސަންގް ގެލެކްސީ އެސް 10+

މަހުންމަހަށް ފައިސާދައްކާ ޕްލޭން.

މަހަކު އެންމެ 942 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ. މި ޕްލޭން ޚާއްސަކުރެވިފައިވާ، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ ބޮޑު ޕޯސްޓްޕެއިޑް ޕެކޭޖެއް ޚިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ.

މަހުފީ (ރފ.) ޑައުންޕޭމަންޓް (ރފ.) ސްޓޯރޭޖް ހޭންޑްސެޓް
942.00 1,999 128 ޖީބީ ސެމްސަންގް ގެލެކްސީ އެސް 10
992.00 2,999 128 ޖީބީ ސެމްސަންގް ގެލެކްސީ އެސް 10+
1,300.00 2,999 512 ޖީބީ ސެމްސަންގް ގެލެކްސީ އެސް 10+
1,775.00 2,999 1 ޓީބީ ސެމްސަންގް ގެލެކްސީ އެސް 10+

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.