
އޭދަފުށީ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމުކޮށްގެން މި ރޯދަމަހު ބޭއްވުމަށް ހަމަޖެއްސި ފުޓްސަލް މުބާރާތް އީދު ދުވަހު ފަށާގޮތަށް އެ ކްލަބުން ނިންމައިފި އެވެ.
ސީސީ އިން ބުނީ މުބާރާތް މިމަހުގެ 8 ވަނަ ދުވަހު ފެށުމަށް އެ ކްލަބުން ނިންމާފައިވާ ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު، އަދި ޓީމު ލިސްޓްތަކަށް ބަދަލު ގެނައުމުގެ ފުރުސަތު މިއަދު ހަވީރު 5:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ކުރިން ހުޅުވާލި ފުރުސަތުގައި ނުވަ ޓީމު ބައިވެރިވެފައިވާ ކަމަށް ކުރިން ސީސީ އިން ވަނީ ބުނެފައެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަހު ބާއްވަމުން އަންނަ މި މުބާރާތް މިފަހަރު ރޯދަމަހު ބޭއްވޭގޮތްނުވީ މި މުބާރާތް ބާއްވާ ސަރަހައްދު ކަމަށްވާ ސްޓޭޖް ސަރަހައްދުގައި މުބާރާތް ބޭއްވުމުގެ ހުއްދަ އެއްވެސް ސަބަބަކާ ނުލައި ކައުންސިލުން ނުދިނުމުންކަމަށް ސީސީން ބުނެ އެވެ. އަދި މި މައްސަލައިގައި ސީސީ އިން ވަނީ އޭދަފުށީ ކައުންސިލަށް ވަރަށްބޮޑަށް ކިޔައި އެފަދަ ނާތަހުޒީބީ ފިނޑި އަމަލުތައް ހުއްޓާލުމަށް ގޮވާލައިފަ އެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ސީސީ އިން ކޯޓަށް ދިއުމަށްދަނީ ތައްޔާރުވަމުން ނެވެ.
މިއީ ކާކުލިޔުނު ހަބަރެއްތަ. ހަބަރު ލިޔުނު މީހަކަށް ބުނެލަން އޮތީ މިފަހަރު އެކަންޔޭ ސީ.ސީ އިން ރޯދަމަހު މިމުބާރާތް ކުޅެން ގަސްކުރީ. ދެން އަބަދުވެސް ކުޅެމުން އަންނަނީ އީދު ތެރޭގަ. ވަރަށް ސަލާމް
ނާތަހުޒީބީ ފިނޑިއަމަލޭ؟ ރަމަޟާންމަހު ކުޅީވަރުކުޅެން ބިން ނުދިނީމަ އެއީ ނާތަހުޒީބީ ފިނޑި އަމަލެކޭ ބުނާކަށް ލަދެއް ނުގަނޭތަ؟ ސުބުޙާނަﷲ. އެއަށްވުރެ ފިނޑި އަދި ނާތަހުޒީބު ޢަމަލެއް އެއީ ކަލޭމެން ކުދިން އެކަމަށް އެދުނުކަންވެސް. މިއޮއްފަދަ ރަމަޟާންމަހުވެސް އޭދަފުށީގެ ޒުވާނުން ހޭބޯ ނާރާ ކުޅިވަރާ މަޖަލުގަ. އަޅެ ބިރެއްވެސް ނުގަނޭތަ ﷲގެ ކޯފާއެއް އަތުވެދާނެތީ. ބަލަ މިއީ އަޅުކަމާ ތަޤްވާގެ މައްސަރު. ކުޅިވަރާ މަޖަލުގެ މައްސަރެއް ނޫން. އަހަރަކު އެންމެ ފަހަރަކު އަންނަ މި 30 ދުވަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނަން މަސައްކަތްކުރޭ ކުދިންނޭ، ސަލާންޖަހާ އާދޭސް މިކުރަނީ. މާދަމާއަށް ބިރުވެތިވޭ. ތިޔަބައިމީހުން މަރާ ކުރިމަތިލާން އެދެނީ ތިޔަ ކުޅިވަރު ދަނޑުތަކުގާތަ؟ މަސްޖިދު ތަކުގާ ﷲ އަށް ކުށްތަންވާ ޙާލަކު ނޫންތަ؟ ޔާ ﷲ! މި ބައިމީހުންނަށް ހެޔޮމަގު ދައްކަވައި އެމަގުގައި ސާބިތު ކުރައްވާށި. އާމީން އާމީން އާމީން !