ވިލާ ކޮލެޖްގެ އޭދަފުށީ ކެމްޕަހުގައި އަންނަ ސެޕްޓެމްބަރުމަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުން ބުނިގޮތުގައި އަންނަ ސިމެސްޓާގައި (ސެޕްޓެމްބަރު އިންޓޭކްގައި) އެ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވަނީ ބިޒްނަސް މެނޭޖްމެންޓާއި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)ގެ އިތުރުން ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެވެ.
3 މަސްދުވަހުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކަށް ދައްކަންޖެހެނީ ޖުމްލަ 6000ރ، އެވެ.
ރާއްޖޭގެ އުތުރުގައި ފުރަތަމަ ހުޅުވި ވިލާ ކޮލެޖްގެ އޭދަފުށީ ކެމްޕަހުގައި މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮތީ ހުޅުވާލައިފަ އެވެ.
ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ކެމްޕަހުގައި މިހާރުވެސް ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަން އަދި ޑިގްރީ ކޯސްތަކުގައި 70 އަށްވުރެ ގިނަ ކުދިން ކިޔަވަމުންނެވެ.