ޔޫތު ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުންނަށް އަމާޒުކޮށްގެން ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

“ޔޫތު ފުޓްސަލް ޗެލެންޖް” ގެ ނަމުގައި ބާއްވާ މުބާރާތް ފަށަނީ އަންނަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ.

ދަރަވަންދޫ ކައުންސިލުން ބުނި ގޮތުގައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ދަރަވަންދޫގެ ޓީމުތަކަށާއި ދައުވަތުދެވޭ ކައިރި ރިސޯޓްތަކުގެ ޓީމުތަކުގެ އިތުރުން ކައިރި ރަށްރަށުގެ ޓީމުތަކަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 10 ޓީމެވެ.

މި މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް މިއަހަރުވެސް 10،000ރުފިޔާ އަދި ދެވަނަ ޓީމަކަށް 6،000ރ. ވަނީ ހުށަހަޅައިފަ އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ދަރަވަންދޫ ކައުންސިލް އިދާރާއިން ބުނީ މި މުބާރާތުގައި ބައިވެރިވާ ޓީމު ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމް/ޓީމު ލިސްޓް ރަސްމީ ގަޑީގައި އެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.

ޔޫތު ފުޓްސަލް ޗެލެންޖު މިދިޔަ އަހަރު ކާމިޔާބުކުރީ ދަރަވަންދޫ ކިންގް ޔުނައިޓެޑް ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.