ބ. ހިތާދޫގައި މިއަދު އަނބު ގަހަކުން ވެއްޓި އެރަށު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މިއަދު މެންދުރު ފަހު ހިނގި އެ ހާދިސާގައި އަނބު ގަހުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނީ އެރަށު މަލަސް އަހުމަދު ހުސައިނަށެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ އަތް ބިންދައިގެން ގޮސް އުނަގަނޑުގައި ވަނީ ރެދުލާފަ އެވެ. ރަށުގައި ފަރުވާދިނުމަށްފަހު ހާލު ސީރިއަސް ވުމުގެ ސަބަބުން މިހާރު މާލެ ގެނަސް އައިސޫގައި އަންނަނީ ފަރުވާދެމުންނެވެ.
މަންޒަރު ދުށް މީހުން ބުނިގޮތުގައި އަހްމަދު ގަހުން ވެއްޓުނީ އަނބު ބިންނަން އުޅެނިކޮށް ގަހުގެ ގޮފިގަނޑު ބިންދައިގެން ދިޔުމުގެ ސަބަބުންނެވެ. އޭނާ ވެއްޓި ޖުހުނީ އެގަސް ދަށުގައި ހަދާފައި ހުރި ޖަންޝަނެއްގެ މައްޗަށެވެ.