ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ހިތާދޫ ގޮފީގައި ޤިރާއަތު ސެޓްފިކެޓު ލެވެލް ދޭއްގެ ކޯސް އަންނަ އަހަރު ފަށާނެކަމަށް އެ މަރުކަޒުން ބުނެފި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރު ފަޟީލަތުއް ޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިން ވިދާޅުވީ މިހާރު ހިނގަމުންދާ ޤިރާއަތު ސެޓްފިކެޓް ލެވަލް އެކެއްގެ ކޯސް މިއަހަރު ނިމޭނެ ކަމަށާއި އަންނަ އަހަރު ލެވެލް ދޭއްގެ ކޯސް ފަށާނެ ކަމަށެވެ.
ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ހިތާދޫ ގޮތްފަކީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ދެމުންދާ ޚިދުމަތްތައް އަތޮޅުތެރަށް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު ހުޅުވި ގޮތްފެކެވެ. މިގޮފީގައި އެކި ރަށްރަށުންނާއި ހިތާދޫން ޖުމްލަ 70 ދަރިވަރުން ކިޔަވަމުންދެ އެވެ.