ބ. ދަރަވަންދޫ ކައިރީގައި ފީނަން އޮތް ޓޫރިސްޓެއްގެ ގައިގައި ޑިންގީއަކުން ޖެހި އަނިޔާއްޖެ އެވެ.
އެ ހާދިސާގައި އަނިޔާވީ، އެރަށު ގެސްޓް ހައުސް އެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ އުމުރުން 25 އަހަރުގެ ޖަރުމަނު ވިލާތުގެ ފަތުރުވެރިއަކަށެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 12:15 ހާއިރު ކަމަށެވެ. އޭނާގެ ގައިގައި ޑިންގީން ޖެހުމުގެ ސަބަބުން އަނިޔާތަކެއް ލިބިފައިވާ ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ މައުލޫމާތު އަދި ސާފެއް ނުވެއެވެ.
ޑައިވިނަށާއި ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.