އުރީދޫގެ ނިރު އެކްސެލެރޭޓާ ޕްރޮގްރާމުގައި ބައިވެރިވި ތިން ކުންފުނީގެ ޑެމޯ ދައްކާލައިފި

އުރީދޫ މޯލްޑިވްސް އިން ނިރު އެކްސެލެރޭޓަރ ނަމުގައި ކުރިއަށް ގެންދިޔަ ސްޓާޓްއަޕް ޕްރޮގްރާމް ކާމިޔާބުކުރި ތިން ކުންފުނީގެ ޚިދުމަތްތައް ދައްކާލައިފިއެވެ.

މި އިވެންޓުގައި މި ތިން ކުންފުންޏަށް އިތުރަށް އިންވެސްޓުކޮށް، އުރީދޫ މޯލްޑިވްސްގެ ފަރާތުން ސީޑް-ފަންޑިންގ ފޯރުކޮށްދޭނެކަމަށް ވަނީ އިއުލާންކޮށްފައެވެ. މި އެހީތެރިކަން ލިބިފައިވަނީ:

• އައިޑިއަނައިޒް: ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ކޮންވަސޭޝަން އޭޖެންޓު ނުވަތަ ޗެޓްބޮޓުތައް ފަރުމާކޮށް، ވިޔަފާރިތައް ޑިޖިޓަލައިޒްކޮށްދޭ ކުންފުންޏެއް.

• ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.

• ބީ2ބީ މޯލްޑިވްސް: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.

މިރޭ ކުރިއަށްދިޔަ ނިރު އެކްސެލެރޭޓަރގެ ޑެމޯޑޭ ގައި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލް؛ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހްމަދު؛ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ، އަހުމަދު ސައީދު މުހައްމަދު، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން އަދި ރާއްޖޭގެ ކުދިވިޔަފާރިތަކާއި އެންޓްރަޕްރިނިއާޝިޕްގެ ދާއިރާއިން ފުންނާބުއުސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މި ތިން ކުންފުނީގެ ޑެމޯ ދެއްކުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، ނިރު އެކްސެލެރޭޓާ ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ލިބުނު ކުންފުނިތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކުންފުނިތައް ފުޅާ ކުރުމަށް އުރީދޫން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އުރީދޫން މާލީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އެ ކުންފުނިތަކަށް ބޭނުންވާ އިންވެސްޓަރުން ހޯދުމަށް ވެސް އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.