ފިތުރު ޒަކާތުގެ ގޮތުގައި ބ. އޭދަފުށިން މި އަހަރު ބޮލަކަށް 967.37ރ.ގެ މަގުން ޒަކާތް ބަހައި ނިންމައިފި އެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު މިއަދު ވިދާޅުވީ ޒަކާތުގެ ގޮތުގައި މި އަހަރު 38695.52 ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ ފައިސާ ފަގީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައި ތިބި 40 މީހުންނަށް ބަހައި ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށު ކައުންސިލުން ބުނިގޮތުގައި އޭދަފުށިން2800 އަށް ވުރެ ގިނަ މީހުން ޒަކާތް ދައްކާފައިވެ އެވެ.