ރޫމް ބޯއީންގެ ގަދަރު ކުޑަކުރުމުން ސަލީމަށް އެތައް ބައެއްގެ ފާޑުކިޔުން

15 މާޗް، 2019: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެސްއެމްއިން ބާއްވާ އިންތިޚާބީ ބަހުސްގެ އޭދަފުށި ދާއިރާގެ ބަހުސްގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް – ޕީއެސްއެމް ނިއުސް

ޕީއެސްއެމް މަޖިލީސް ބަހުސްގެ ތެރެއިން އޭދަފުށީ ދާއިރާގެ މެމްބަރު އަދި އަންނަ އޭޕްރީލް މަހު އޮންނަ އިންތިހާބުގައި އެ ދާއިރާ އަށް މިފަހަރު ވެސް ވާދަކުރައްވާ އަހުމަދު ސަލީމް (ރެޑްވޭވް)، ރޫމް ބޯއީންގެ ގަދަރު ކުޑަކޮށް ވާހަކަދެއްކުމާ އެކު އޭނާ އަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ބަހުސް ނިންމާލަމުން ސަލީމް އަށް ދިން ފަހު ފުރުސަތުގައި އޭނާ ވަނީ ރޫމް ބޯއީންގެ ގަދަރު ކުޑަވާ ގޮތަށް، “ރިސޯޓެއްގެ ރޫމް ބޯއީއަކަށް އުޅެފަ އައިސް މަޖިލީހަށް ދިޔައީމާ،” ކުރެވޭނީ ކޮން މަސައްކަތެއްތޯ ސުވާލު އުފައްދާފަ އެވެ. ބެލެވޭ ގޮތުގައި ސަލީމް އެހެން ވިދާޅުވީ، ލޭބާ ޕާޓިގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރާ ޔޫސުފް މޫސާ (ޔޫސޭ) އަށް ނިސްބަތްކޮށެވެ.

ޔޫސޭ އަކީ ސަރުކާރުގައި ފަސް ވަރަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، 1991 ވަނަ އަހަރުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ޓޫރިޒަމް ދާއިރާގެ އެކި ތަފާތު ވަޒީފާތަކުގައި ފާއިތުވި 28 އަހަރު ހޭދަކުރެއްވި ޔޫސޭ އަކީ މިހާރު ރިސޯޓެއްގެ ޑިޕާޓްމަންޓެއްގެ ވެރިއެކެވެ.

ސަލީމް ވަނީ ޔޫސޭގެ ނަން ނުބުނެ އޭނާ އާ ދިމާލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ކުރިއަށް އޮތް އިންތިހާބުގައި “ވަރަށް ހަނި، ކުޑަކުޑަ ނަތީޖާ އަކުން، ލަދުގަންނަ މިންވަރުން އޭދަފުށީ ރައްޔިތުން ވޯޓް ދީގެން [ޔޫސޭ] ބަލިވާތަން ފެންނާނެ،” ކަމަށް ސަލީމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެންމެ ގިނަ ރިސޯޓް ހިންގާ ބާ އަތޮޅުގެ ދާއިރާ އަކަށް ވާދަކުރައްވާ ކެންޑިޑޭޓަކު، ރޫމް ބޯއީންގެ ގަދަރު ކުޑަވާ ގޮތަށް ވާހަކަ ދެއްކުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއްމީހުން ބެނފައިވަނީ ރޫމް ބޯއީންނަށް އުޅެނީ ތަންދޮރު ނުފިލާ މީހުން ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.