އުރީދޫން ސުޕަނެޓް ސޭވަ ޕްލޭން އާއި ޓަބޯ ސްޕީޑް ބޫސްޓަ ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސް އަކީ އީޖާދީ ޓެކްނޮލޮޖީތަކާއި މާކެޓަށް މުޅިން އައު ޚިދުމަތްތައް ތައާރަފްކުރުމުގައި އަބަދުވެސް އިސްނަގާ ކުންފުންޏެކެވެ. އެގޮތުން، އެކުންފުނީގެ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މިއަދު ވަނީ ތަފާތު، އަދި ވަރަށް ބޭނުންތެރި ޚިދުމަތްތަކެއް ފޯރުކޮށްދީފައެވެ.

ސުޕަރނެޓް ސޭވާ ޕްލޭން

އުރީދޫ އިން މިއަދު ތައާރަފްކޮށްފައިވާ 6 މަސް ނުވަތަ 12 މަސް ދުވަހުގެ ސުޕަނެޓް ސޭވަރ ޕްލޭން މެދުވެރިކޮށް ވަރަށް ފުރިހަމަ ޑިސްކައުންޓް ލިބެއެވެ. އަދި 12 މަހުގެ ޕްލޭނާއި އެކު، އިތުރު ދެމަހުގެ ކަނެކްޝަން މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްލޭނުގު ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މަސްދުވަސް ތެރޭގައި ބޭނުން ނުކުރެވި ބާކީވާ ޑޭޓާ އެލަވަންސް، މުޅި ޕެކޭޖުގެ މުއްދަތު ނިމެންދެން ބޭނުންކުރެވޭނެއެވެ. އަދި މި ޕްލޭންތަކާއި އެކު މަހުން މަހަށް ބިލް ދެއްކުމުގެ ދަތިތައް ވެސް ދުރުވެގެންދާނެއެވެ.

ރޭޓް ޕްލޭން 6 މަހުގެ ޕްލޭން 12 + 2 މަހުގެ ޕްލޭން 6 މަހުގެ ޕްލޭން
ސުޕަރނެޓް ސޭވަރ 10 އެމް ސިލްވަރ 50 ޖީބީ 2,970.00 5,460.00
ސުޕަރނެޓް ސޭވަރ 10 އެމް ޕްލެޓިނަމް 150 ޖީބީ 5,640.00 10,488.00
ސުޕަރނެޓް ސޭވަރ 50 އެމް 400 ޖީބީ 9,960.00 18,480.00

ސްޕީޑް ޓަރބޯ ޕްލޭންސް

އުރީދޫ އިން މިއަދު ވަނީ، ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަރނެޓް ޓާރބޯ ތައާރަފްކޮށްފައެވެ.

ރޭޓް ޕްލޭން އަގު (ރފ.) ސްޕީޑު އެލަވަންސް މުއްދަތު
ސުޕަރނެޓް ޓަރބޯ 20 އެމް 95.00 20 އެމްބީޕީއެސް 10 ޖީބީ 24 ގަޑިއިރު
ސުޕަރނެޓް ޓަރބޯ 50 އެމް 245.00 50 އެމްބީޕީއެސް 30 ޖީބީ 48 ގަޑިއިރު

އުރީދޫން ބުނިގޮތުގައި ނަގާފައިވާ ޕެކޭޖުގެ ސްޕީޑަށް ވުރެ ހަލުވި ސްޕީޑް ބޭނުންވާ ހާލަތެއްގައި މި ޚާއްސަ ޕެކް އެކްޓިވޭޓްކުރުމާއި އެކު، 48 ގަޑިއިރާއި ހަމައަށް އިންޓަނެޓް ސްޕީޑް އިތުރުވެގެންދާނެ އެވެ. އެގޮތުން، 2 އެމްބީޕީއެސްގެ ޕެކޭޖެއް ބޭނުންކުރަށްވާ ކަސްޓަމަރެއްވެސް، ޓާރބޯ 50 ގެ ޕްލޭނެއް ނެގުމުން، 48 ގަޑި އިރަށް 50 އެމްބީއެސްގެ އިންޓަނެޓް ސްޕީޑު ބޭނުންކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.