ދިރާގުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ސްޓާޓްއަޕް ގްރައިންޑް އެކްސް މާލޭގެ ދެވަނަ ބުރު ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ މެލޭޝިޔާގެ މަޝްހޫރު އިޝްތިހާރުކުރާ ކުންފުންޏެއްކަމުގައިވާ މައިބަންޕްގެ ފައުންޑަރ އަދި ސީއޯއޯ ދާނިޝް އާތިފެވެ.
ދިރާގު ހެޑް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަދައްކަމުން ދާނިޝް ވިދާޅުވީ ކޮންމެ މީހަކަށްވެސް މޮޅު ޚިޔާލުތަކެއް އަންނާނެކަމަށާއި މުހިންމީ މޮޅު ޚިޔާލުތަކެއް ނޫންކަމަށެވެ. ނަމަވެސް މުހިންމީ ރަނގަޅު ކަސްޓަމަރުން ހޯދުމާއި އެ ޚިޔާލު ރަނގަޅަށް ތަންފީޒު ކުރުންކަމަށެވެ.
“ޚިޔާލުތައް ތަންފީޒުކުރާގޮތުން ތިމާއާއި ތިމާގެ ވާދަވެރިން ދެނެގަނެވޭނީ” ދާނިޝް ބުންެޏެވެ.
މައިބަންޕްއިން ވަނީ މަޝްހޫރު ފަރާތްތަކާއި އެކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ޑިޒްނީގެ ޕިކްސާ، ވޯލްޑް ވައިލްޑް ލައިފް ފަންޑް ހިމެނެއެވެ. އަދި މައިބަންޕުން ވަނީ މަޓާޓޯއާއި ގުޅިގެން މެލޭޝިޔާގައި ރާއްޖޭގެ ފަތުރުވެރިކަންވެސް އިސްތިހާރުކޮށްފައެވެ.