ސްޕީޗު ތެރަޕީ ދިނުމަށް ދިރާގުން އެހީތެރިވެދީފި

ސްޕީޗު ތެރަޕީ ދިނުމަށް ދިރާގުން އެހީތެރިވެދީފި

ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން ހދ. އަތޮޅުގައި ސްޕީޗް ތެރަޕީ އެންޑް އެސެސްމެންޓް ޕްރޮގްރާމެއް ހިންގުމަށް ދިރާގުން އެހީދީފި އެވެ.

ދިރާގުން ބިއުޓިފުލް އައިސް އަށް ދިން މި އެހީ އެ ޖަމްއިއްޔާ އާ ހަވާލުކޮށްފައި ވަނީ ޑައުންސިންޑްރޯމު ދުވަސް ފާހަގަ ކުރުމަށް އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިންނެވެ.

ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އަކީ ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ އާއިލާ އަށް ސަޕޯޑުދީ، ޑައުން ސިންޑްރޯމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ އެކެވެ.

މުއާމަލަތް ކުރުމުގެ ހުނަރަކީ ކުއްޖާ ބޮޑުވަމުން އަންނަ އިރު، ކުއްޖާގެ ގައިގައި ހަރުލައްވަން ޖެހޭ ހުނަރަކަށްވާ އިރު، ޑައުންސިންޑްރޯމް ފަދަ ބަލިތަކަކީ ހާއްސަ ތެރަޕީ އެއް ދީގެން ކުދިންނަށް ވާހަކަ ދެއްކުމުގައި ހުންނަ ދަތިކަން ހައްލު ކުރެވޭނެ ބަލިތަކެވެ.

ދިރާގުގެ އެހީއާ އެކު ހދ. އަތޮޅުގައި ކުރިއަށްގެންދާ ޕްރޮޖެކްޓަކީ ބެލެނިވެރިންނާއި ސެން ކްލާސްތަކުގައި ކިޔަވައިދޭ މުދައްރިސުންނަށް ހާއްސަ ތަމްރީނު ދޭނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކިޔަވައިދޭނީ ކަމާބެހޭ ތަޖުރިބާކާރެކެވެ.

ދިރާގުގެ ސީއެސްއާރުގެ ދަށުން ޑައުންސިންޑްރޯމް އެސޯސިއޭޝަން އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، ދިރާގަކީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން ޖަމްއިއްޔާތަކަށް ގިނަ އެހީތަކެއް ދޭ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.