ދިރާގުން ދެމުން އަންނަ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތުގެ ފެއާ ޔޫޒޭޖް އެލަވަންސް ހުސްވުމުން ވިއްކާ ބޫސްޓަރުތަކުގެ އަގު 50 ޕަސެންޓް ހެޔޮކޮށްފި އެވެ.
ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ ކުންފުނިން ބުނީ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގައި މަހަކަށް ކަނޑައަޅާފައިވާ އެލަވަންސް ހަމަވުމުން ބޫސްޓަރު ގަނެގެން އިންޓަނެޓްގެ ހިދުމަތް އިތުރަށް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑްގައި ހިމެނޭ ބޫސްޓަރ ތަކަކީ، ޕެކޭޖުގެ ފެއަރ ޔޫސޭޖް އެލަވަންސަށް ހަމަވެ، ކަނެކްޝަން ލިމިޓް ވުމުން، ޕެކޭޖްގެ ފުލް ސްޕީޑް އަލުން އެކްޓިވޭޓް ކޮށްލަދޭ ފީޗަރ އެކެވެ.
ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގައި ބިޒްނަސް އަދި އާންމު
ކަސްޓަމަރުންނަށް ބައިވެރިވެވޭ މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.