ދުސިތު ތާނީ ރިސޯޓު 63 މިލިއަން ޑޮލަރަށް ވިއްކާލައިފި

ބ. އަތޮޅުގައި ހިންގަމުން އަންނަ ދުސިތު ތާނީ ރިސޯޓު 63 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

ދުސިތު ތާނީ ޕަބްލިކް ކޮމްޕެނީ ލިމިޑެޓަކީ ހޮޓެލް އެންޑް ޕްރޮޕަޓީ ޑިވެލޮޕްމެންޓް ދާއިރާއިން ތައިލެންޑުގައި ނަން މަޝްހޫރު ކުންފުންޏެކެވެ. ދުސިތު ތާނީ ރިސޯޓު ވިއްކާލާފައިވަނީ މައި ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެއް ކަމުގައިވާ ދުސިތު ތާނީ ފްރީހޯލްޑް އެންޑް ލީސްހޯލްޑް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ޓްރަސްޓަށެވެ.

ދުސިތު ތާނީގެ ސަބްސިޑަރީ ކުންފުނީގެ ދަށަށް އެ ރިސޯޓު ބަދަލު ކުރީ އެ ސަބްސިޑާރީ ކުންފުނީގެ އާމްދަނީ އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ފައިދާ ބޮޑު ކުރުމަށެވެ. އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުންފުންނަށް ފައިދާ ހޯދާ ދިނުމާއި ކުންފުނި އިތުރަށް ފުޅާ ކުރުމަށް ފަހި ކުރުމަށް ކަމަށް ދުސިތު ތާނީ ޕަބްލިކް ކޮމްޕެނީ ލިމިޑެޓުން ބުނެފައިވެ އެވެ.

ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގެ އަގު 72 މިލިއަން ޑޮލަރަށް އަރަ އެވެ. މި ގެނެވުނު ބަދަލާ އެކު ދުސިތު ތާނީގެ މައި ކުންފުންޏާއި ސަބްސިޑަރީއަށް ވެސް ބޮޑު ފައިސާއެއް ކުރާނެ ކަމަށް އެކުންފުނިން ގަބޫލުކުރެ އެވެ.

މި ލަގްޒަރީ ރިސޯޓުގައި 94 ވިލާ ހިމެނޭ އިރު ފަސް ރެސްޓޯރެންޓާއ ކިޑްސް ކްލަބެއްވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.