މާޅޮހާއި ކަމަދޫގައި ގާއިމުކުރާ ފެނުގެ ނިޒާމު ޑިޒައިންކުރާނެ ބަޔަކު ހޯދަނީ

ބ. މާޅޮހާއި ކަމަދޫގައި ގާއިމުކުރަން ނިންމާފައިވާ ސާފު ބޯފެނުގެ ނިޒާމު ޑިޒައިންކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ މާޅޮހާއި ކަމަދޫ އާއެކު 15 ރަށެއްގައި ގާއިމުކުރާ ފެނުގެ ނިޒާމު ޑިޒައިން ކުރާނެ ބަޔަކު ބޭނުންވާ ކަމަށާއި ޝައުގުވެރިވާ ކޮންސަލްޓެންޓުން އެ މަސައްކަތުގެ ތެރޭގައި ހިމެނޭ ޕްލިމިނަރީ ޑިޒައިން، ޑީޓެއިލްޑް ޑިޒައިން، ޓެކްނިކަލް ސްޕެސިފިކޭޝަން އާއި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި އެންވަޔަރުމެންޓް އިންސްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައި ދިނުމުގެ މަސައްކަތް ކޮށްދޭން ޖެހޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ބޭނުންވާ ޑިޒައިން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެމަސައްކަތް ކުރެވޭނެ ކަމުގެ ގާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން ފިނޭސް މިނިސްޓްރީއަށް އަންނަ، އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ކުރިން ފިނޭސް މިނިސްޓްރީއަށް ހުށަހެޅުމަށެވެ. އަދި އެފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީން ދޭނެ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަމަހު ވަނީ މިއަތޮޅު ހިތާދޫގައިވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.