ކީރިތި ގުރުއާނުގައި އައިސްފައިވާ ވާހަކަ ތަކުގެ މުހިންމު ކަމާއި އޭގެ ޙިކްމަތް

  al_quran_by_durooob

ކީރިތި ޤުރުއާން އައިސްފައިވާ ވާހަކަ ތަކާއި ހުކުމް ތަކަކީ ހަމަ އެކަނި ކިޔާލުމަށް ޓަކައި ބާވާލައްވަވާފައިވާ އާޔަތް ތަކެއްނޫނެވެ. އެންމެބޮޑު އެންމަޤްޞަދަކީ އެއާޔަތް ތަކުން ލިބިގަންނަވި ތަރުބަވީ ފިލާވަޅު ތަކާއި ޢިބްރަތް ތައް ޙާޞިލް ކުރުމެވެ. ޤުރުއާން ބާވާލެއްވުމުގެ މަޤްޞަދަކީ ހަމައެކަނި ޤްރުއާން ކިޔެވުމެއް ވެސްމެނޫނެވެ. ޤުރުއާނަށް  ޢަމަލް ކުރުމަކީވެސް ޤުރްއާން ބާވާލެއްވުމުގެ ޙިކްމަތް ތަކުގެ ތެރޭގައި ހިމެނެކަމެކެވެ.ހަމަ އެގޮތުން އިސްވެދި ގޮސްފައިވާ އުއްމަތް ތަކު ވާހަކަތައް ދެނެގަނެ އެވާހަކަ ތަކުން ޢިބްރަތް ޙާސިލް ކުރުމަކީ މިއަދު އަޅުގަޑުމެން ކޮންމެހެން ކުރަން ގެހިފައިވާކަމެކެވެ.

“كَذَلِكَ نَقُصُّ عَلَيْكَ مِنْ أَنْبَاءِ مَا قَدْ سَبَقَ وَقَدْ آَتَيْنَاكَ مِنْ لَدُنَّا ذِكْرًا” طه:   ٩٩

މާނައީ:  ” އިސްވެދިޔަ أمّةތަކުގެ خبرތަކުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަނީ، އެފަދައިންނެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرةން ކަލޭގެފާނަށް قرآن ދެއްވީމެވެ.”

 “أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُمْ مِنَ الْقُرُونِ يَمْشُونَ فِي مَسَاكِنِهِمْ إِنَّ فِي ذَلِكَ لَآَيَاتٍ لِأُولِي النُّهَى ” طه:   ١٢٨

މާނައީ:   “ފަހެ، އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް بيانވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި، އެއުރެން ހިނގައިއުޅޭ حالގައެވެ. ހަމަކަށަވަރުން، އެކަމުގައި ބުއްދީގެ أهلވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.ިކައުނުގައި މާތްﷲ ލައްވަވާފައިވާ ސުންނަތް ތަކާ އިންސާނީ ހާދިސާ ތަކާއި ތާރީޚީ ޙާދިސާތަކުން އިޅުގަޑުމެން މިސްލިމުން މިއަދު ޢިބްރަތް ޙާސިލް ކުރަންވަނާގެހިފައެވެ. ކާމިޔާބާއި ނަޞްރަކީ ހަމަ ތިބެފަ ލިބޭނެ އެއްޗެއް ނޫނެވެ. ކަން ކަމުން ކާމިޔާބު ހޯދުމަށް  މަސައްކަތް ކުރުމަކީ މިއަދު އަޅުގަޑުމެން ކުރަން ގެހިފައިވާ ކަމެކެވެ.”

 ” قَدْ خَلَتْ مِنْ قَبْلِكُمْ سُنَنٌ فَسِيرُوا فِي الْأَرْضِ فَانْظُروا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ (137) هَذَا بَيَانٌ لِلنَّاسِ وَهُدًى وَمَوْعِظَةٌ لِلْمُتَّقِينَ (138) وَلَا تَهِنُوا وَلَا تَحْزَنُوا وَأَنْتُمُ الْأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ (139) إِنْ يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِثْلُهُ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ وَلِيَعْلَمَ اللَّهُ الَّذِينَ آَمَنُوا وَيَتَّخِذَ مِنْكُمْ شُهَدَاءَ وَاللَّهُ لَا يُحِبُّ الظَّالِمِينَ “آل عمران: ١٣٧ –  ١٤٠

މާނައީ: “(އެކިއެކި أمّةތަކާމެދު) ހިނގައިދިޔަ ކަންތައްތަކެއް ތިޔަބައިމީހުންގެ ކުރިން އިސްވެ ހިނގައްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން، ދޮގުކުޅަ މީހުންގެ ނަތީޖާއޮތީ ކޮންފަދަޔަކުންތޯ ނިކަން ބަލައިބަލާށެވެ!

 މިއީ، މީސްތަކުންނަށް އޮތް ސާފުސީދާ ބަޔާނެކެވެ. އަދި، މަގު ދެއްކެވުމެކެވެ. އަދި، تقوىވެރިންނަށްއޮތް وعظއެކެވެ.

ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمنން ކަމުގައި ވާނަމައެވެ.

(أُحدހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافرންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (بدرހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) إيمانވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު شهيدން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، اللَّه ލޯބިވެވޮޑިގެނެއްނުވެތެވެ.”

ކީރިތި  ޤުރުއާންގައި އައިސްފައިވާ ވާހަކަ ތަކަށް ބަލާ ވިސްނާލާއިރު ދޭހަވަނީ އައިސްފައިވަނީ މުޢުޖިޒާތެއްގެގޮތުގައެވެ.ޢިބްރަތް ތަކާއި ތަރުބަވީ ފިލާވަޅު ތައް ޙާޞިލް ކުރުމަކީ މިއަދު އަޅުގަޑުމެން ކުރަންޖެހިފައިވާކަމެކެވެ. ޤުރުއާންގައި އައިސްފައިވާ ވާހަކަ ތައް ތަފާތު ސޫރަތް ތަކުގައި އެއްވާހަކަ ތަކެއް އައިސްފައިވެއެވެ. ނަބީބޭ ކަލުންގެ ވާހަކަ ތަކަށް ވިސްނާލާއިރު ޔޫސުފްގެފާނު ވާހަކަ ފިޔަވައި އެހެން ހުރިހާ ނަބީބޭކަލުންގެ ވާހަކަ އައިސަފައިވަނީ ތަފާތު ސޫރަތް ތަކުގައެވެ. ޔޫސުފްގެފާނު ވާހަކަ ފެށުނީން ސުރެއް ނިމެންދެން އައިސް ފައިވަނީ ޔޫސުފް ސޫރަތުގައެވެ. ނަބީބޭ ކަލުންގެ ވާހަކަ ތަކަކީ ޢިބްރޫން ފުރިގެންވާ ވާހަކަ ތަކެވެ. މިވާހަކަ ތަކުން ޙިކްމަތް ތަކާއި ޢިބްރަތް ތަކާއި ދަރުސް ތައްލިބިގަތު މަކީ މިއަދު މުސްލިމުން ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ.

 ” وَجَعَلْنَاهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَا إِلَيْهِمْ فِعْلَ الْخَيْرَاتِ وَإِقَامَ الصَّلَاةِ وَإِيتَاءَ الزَّكَاةِ وَكَانُوا لَنَا عَابِدِينَ “الأنبياء:  ٧٣

މާނައީ: “އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންކަމުގައި، ތިމަންރަސްކަލާނގެ އެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައް ކުރެއްވުމަށާއި، ނަމާދު قائمކުރެއްވުމަށާއި، ޒަކާތްދެއްވުމަށް، ތިމަންރަސްކަލާނގެ އެބޭކަލުންނަށް وحىކުރެއްވީމެވެ. އަދި ހަމައެކަނި، ތިމަންރަސްކަލާނގެއަށް އަޅުކަންކުރާބަޔަކު ކަމުގައި އެބޭކަލުން ވޫއެވެ.”

لوطގެފާނަށް ތިމަންރަސްކަލާނގެ حكمةތެރިކަމާއި، علمދެއްވީމެވެ. އަދި ނުބައި ފާފަތައް ކޮށްއުޅުނު ރަށުގެ (މީހުންގެ) ކިބައިން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ، ނުބައިކަމުގެ أهلވެރި، فاسق ބަޔަކު ކަމުގައެވެ. އަދި ތިމަންރަސްކަލާނގެ رحمةގެ ތެރެޔަށް އެކަލޭގެފާނު ވެއްދެވީމެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، صالحންގެ ތެރެއިންނެވެ. އަދި އޭގެކުރިން، نوحގެފާނު (ތިމަންރަސްކަލާނގެ حضرةއަށް) دعاءކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި ބޮޑުވެގެންވާނުރައްކަލުން އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރިން ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آيةތައް ދޮގުކުރި މީހުންގެ ކިބައިން (އެކަލޭގެފާނު ސަލާމަތްކުރައްވައި) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް نصرދެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ނުބައިކަމުގެ أهلވެރި ބަޔަކު ކަމުގައެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرقކުރެއްވީމެވެ. އަދި داودގެފާނާއި، سليمانގެފާނު ހަނދުމަކުރާށެވެ! قومގެމީހުންގެ ބަކަރިތަކެއް ދަނޑަކަށްވަދެ، ރޭގަނޑުގައި ހުއިހެފި مسألةގައި، އެ ދެބޭކަލުން (ދެގޮތަށް) حكمކުރެއްވި ހިނދެވެ. އަދި އެ ދެބޭކަލުން ކުރެއްވި حكمގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވަމެވެ.

ފަހެ، ތިމަންރަސްކަލާނގެ سليمانގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمةއާއި، علمދެއްވީމެވެ. އަދި داودގެފާނާއެކުގައި، تسبيحކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ. އަދި ހަނގުރާމައިގައި، ތިޔަބައިމީހުން ރައްކާތެރިކުރުމަށް، ތިޔަބައިމީހުންނަށްޓަކައި، ދަހަނާހަދާނޭގޮތް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވީމެވެ. ފަހެ، ތިޔަބައިމީހުންނީ شكرކުރާ ބަޔެއް ހެއްޔެވެ؟

 އަދި ތިމަންރަސްކަލާނގެ، سليمانގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި

(އެ) خدمةތެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެ ބިމުގައި، بركاتލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ.

 އަދި شيطانންގެ ތެރެއިން، އެކަލޭގެފާނަށްޓަކައި، ފީނާބަޔަކު (خدمةތެރި ކުރެއްވީމެވެ.) އަދި އެނޫން އެތައް މަސައްކަތެއް އެބަޔަކު ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެ ބަޔަކު ބަލަހައްޓަވައި، ރައްކާތެރިކުރެއްވީމެވެ.  އަދި أيوبގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاءކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمةލައްވާ، އެންމެ رحمةވަންތަ ރަސްކަލާނގެއެވެ.  ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حالފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهلންނާއި،

އެ أهلންނާއެކު ހަމަ އެފަދަ أهلން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرةން ލެއްވި رحمةއެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ. އަދި إسماعيلގެފާނާއި، إدريسގެފާނާއި، ذوالكفلގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ. އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمةގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالحންގެ ތެރެއިންނެވެ. އަދި ذوالنّون (އެބަހީ: يونسގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قومގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوباتއެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إلهއަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.  ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمنތަކުން ސަލާމަތްކުރައްވަމެވެ. އަދި زكريّاގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاءކުރެއްވި ހިނދެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيىގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاءކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ. އަދި އެކަމަނާގެ فرج ރައްކާތެރިކުރެއްވި ކަމަނާ (އެބަހީ: مريمގެފާނު) ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ روحފުޅުން އެ ކަމަނާއަށް ފުމެލެއްވީމެވެ. އަދި އެކަމަނާއާއި، އެ ކަމަނާގެ ދަރިކަލުން عيسىގެފާނު، عالمތަކަށްވާ ހެތްކެއްކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ.

 ހަމަކަށަވަރުން، މިއީ، އެއް أمّةއެއް ކަމުގައިވާ ތިޔަބައިމީހުންގެ أمّةއެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!” الأنبياء سورة ގެ 74- 92 އާޔަތުގެ ނިޔަލަށް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.