ސުނާމީ އާ ގުޅިގެން ދޫކުރި ލޯނުތަކަށް ސަރުކާރުން ފައިސާ ދައްކައި ޚަލާސްކޮށްފިކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ބީއެމްއެލް އިން ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް އަނބުރާ ނުދައްކާ ހުރި 4.30 މިލިއަން ރުފިޔާގެ ތެރެއިން ސަރުކާރުން މިއަދު 2.15 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ލޯނުތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާގެ %50 (ފަންސާސް އިންސައްތަ) ސަރުކާރުން ދެއްކުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ނުދައްކާ ބާކީ ހުރި 2.15 މިލިއަން ރުފިޔާ މައާފްކޮށްދީފައެވެ. މިއާއެކު މި ލޯނުތައް މިވަނީ ޚަލާސްކުރެވިފައެވެ.